ސަރުކާރުގެ ކުންފުނިތަކަށް ސިޔާސީ ނުފޫޒުން ބޭރުގައި، ކަމާ ގުޅޭ ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ބޭފުޅުން ލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު، އަބްދުލްރަހްމާނު (އައްދު) ގޮވާލައްވައިފިއެވެ.
އައްދު މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ސަރުކާރުގެ ކުންފުނިތަކުގެ ގިނަ ވެރިން މަޤާމުތަކުން ވަކިކޮށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އައްދުގެ ޕޯސްޓުގައި ވިދާޅުވީ ވީ، ދެ ދަޅައަކާ ދެ ދަޅައަށް ކުންފުނިތަކުގެ ވެރިން ބަދަލުކުރުމުގެ ސަބަބުން ތަންތަނަށް ދެމިގެންދާ ހަރުދަނާ ލީޑާޝިޕެއް ނުލިބި، ކުންފުނިތަކުގެ ތެރޭގައި ޒަމާންވީ ތަޖުރިބާ ގެއްލިގެން ދާ ކަމަށެވެ. ވެރިން ބަދަލުވާ ހިނދު، ތަނަށް ހޭނި ފަރިތަވެ، ލަނޑުދަނޑިތަކާ ދިމާލަށް ދަތުރު ފެށޭ ވަރު ވުމުގެ ކުރިން ވެސް ބަދަލު ގެންނަން ޖެހޭ ހާލަތު ތަކުރާރުވަމުންދާ ކަމަށް ވެސް އައްދު ވިދާޅުވިއެވެ.
ކުންފުނިތަކަށް ލާންޖެހޭ ވެރިންގެ ސިފަތައް ބަޔާންކުރައްވަމުން އައްދު ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ވެރިކަން ބަދަލުވި ނަމަވެސް ދެމިތިބޭ ޕްރޮފެޝަނަލް، ކަމާ ގުޅޭ ދާއިރާތަކުން ގާބިލު ބޭފުޅުން ލެއްވުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.
ސިޔާސީ ވިސްނުމަށް ބިނާކޮށް ކުންފުނިތަކުގެ ވެރިން ލައި ވަކިކުރަމުން ދިއުމަކީ ތަންތަނުގެ ކުރިއެރުމަށް ހުރި ބޮޑު ހުރަހެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު