ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަކީ، ވެރިކަން 10 އަހަރު ދުވަހަށް ދަންމާލުމަށްޓަކައި ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު ޣަފޫރު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަށް އެމްޑީޕީން ތާއީދު ނުކުރާ ކަމަށެވެ. އަދި މިފަދަ ބޮޑު ބަދަލެއް ގެންނަންވާނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) މެދުވެރިކޮށް ރަނގަޅު ދިރާސާއެއް ކުރުމަށްފަހު، އެ ދިރާސާގެ ނަތީޖާއަށް ބިނާކޮށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިއުޅެނީކީ ހަރަދު ބޮޑުވެގެންނެއް ނޫން. ހަރަދު ބޮޑުވާނަމަ އިދާރީ ހިންގުމުގެ ތެރެއަށް ވަންނަ ދެ އިންތިހާބަކީ ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބާއި ކައުންސިލް އިންތިހާބު. މި ދެ އިންތިހާބު އެއްކޮށް ބާއްވާފައި، މިޑް-ޓާމް އިލެކްޝަނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ." މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތުގައި އިންނެވި ޖަލްސާގައި ޣަފޫރު ވިދާޅުވިއެވެ.
ހަމައެއާއެކު ޣަފޫރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ހިންގާ ދާއިރާގެ ބައެއް ނޫން ކަމަށާއި، އެއީ ގާނޫނު ހަދާ މަޖިލިސް ކަމަށެވެ. އަދި މި އިސްލާހަކީ އެއްވެސް އިހުލާސްތެރި ނިޔަތެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ރާއްޖެ ހުދުމުހުތާރު ވެރިކަމަކަށް ގެންދިއުމަށް ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ޣަފޫރު ސިފަކުރެއްވިއެވެ.
"ހުދުމުހުތާރު ވެރިން އިންތިހާބު ބޭއްވުމަށް ބިރުގަންނާނެ. އެހެންވެ ހުރިހާ އިންތިހާބެއް އެއް ވޯޓަށް ހަދަން މަސައްކަތް ކުރަނީ. ރައްޔިތުން ގާތަށް ގިނަގިނައިން ދިއުމަކީ ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް." ޣަފޫރު ވިދާޅުވިއެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޣަފޫރު ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންގެ ފައިސާ ލޫޓުވުމަށް ސިލްސިލާ ޕްރޮގްރާމްތަކެއް ހިންގާ ސަރުކާރެއް ކަމަށާއި، ރައްޔިތުންނަށް ފައިދާވާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން ފައިސާ ބަހައިގެންނާއި، ގާނޫނާ ހިލާފަށް ވަޒީފާ ދީގެން އިންތިހާބުތައް ކާމިޔާބު ކުރަން އުޅުނު ކަމުގައިވިޔަސް، ކުރިއަށް އޮތް ކައުންސިލް އިންތިހާބު އެމްޑީޕީން ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިސްލާހަށް އިހުތިޖާޖު ކުރާނެ ކަން ފާހަގަކުރަށްވަމުން ޣަފޫރު ވަނީ، މިއީ ރައްޔިތުންނަށް އެއްވެސް ވަގުތެއް ނުދީ، ދައުރުން ބޭރުގައި ޖަލްސާ ބާއްވައިގެން ރައްޔިތުންނަށް އޮޅުވާލުމަށް ކުރާ ކަމެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.
"ރައްޔިތުންނަށް ވަގުތު ނުދީ، ރައްޔިތުންނަށް އޮޅުވާލައިގެން ދެއިންތިހާބު އެއްކޮށްލަން މިހިންގާ ޖަރީމާއަކީ މި ގައުމުގެ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން އިއްޒަތްތެރި ރައީސް، ކަނޑައެޅިގެން ދައުލަތް ހިންގުމުގެ ބާރުތައް ބޭނުންކޮށްގެން،ދައުލަތުގެ ބަޖެޓުން ރައްޔިތުންނަށް ލާރި ބަހައިގެން އިންތިހާބު ކާމިޔާބު ކުރަން ޗައްކަރު މި ޖަހަނ." ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު މިހެން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިޚާބާއި، މަޖިލީސް އިންތިޚާބު އެކީ ބާއްވަން މިސަރުކާރުން ވަނީ ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު