ޤާނޫނު އަސާސީއަކީ ވެރިކަންކުރާ ޕީއެންސީއަށް އެއްވެސް އެއްޗެއް ނޫންކަމަށް މާލީ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.
އަނަސް މިހެން ވިދާޅުވީ، މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ޤާނޫނު އަސާސީއަށް ބަދަލު ގެންނަ ބިލުގެ އިބްތިދާއީ ބަހުސް އެއް ދުވަސްތެރޭގައި ނިންމާލުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި އަނަސް ވިދާޅުވީ ޕީއެންސީއަށް ޤާނޫނު އަސާސީއަކީ ދައުރުން ބޭރުގަ ބާއްވާ ޖަލްސާއަކުން، 1 ދުވަހުގެ ބަހުސަކުން ބަދަލު ގެނެވޭހާވެސް އަގު ދަށް އެއްޗެއް ކަމަށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީ އަށް އިސްލާހު ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުންނެވެ.
މި ބިލު ބަލައިގަނެ މަޖިލީހުގެ ކޮމިޓީއަށް މިހާރު ފޮނުވާފައިވާއިރު، ސަރުކާރުގެ ފަރާތުން ބުނަމުންދަނީ މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، އިދާރީ ގޮތުން އިންތިޚާބުތައް ބޭއްވުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ މި ބަދަލުގެ ސަބަބުން އިންތިޚާބީ ނިޒާމުގެ މިނިވަންކަމާއި ދެފުށް ފެންނަ މިންވަރަށް ނޭދެވޭ އަސަރުކޮށް، ރައްޔިތުންގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު