ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް މީހެއްގެ މޫނަކަށް ނުވަތަ ކަނދުރާއަކަށް ނުބައްލަވާ ކަމަށާއި، އެމަނިކުފާނު ބައްލަވަނީ މީހުންގެ ވޮލެޓާއި ބޭންކް ބެލެންސަށް ކަމަށް މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅަމުގައި ފިއްޓެ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ޤާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހަށް މިއަދު ބަހުސް ކުރައްވަމުންނެވެ.
އެގޮތުން ފިއްޓެ ވިދާޅުވީ ރައީސް ބައްލަވަނީ މީހުންގެ ވޮލެޓާއި ބެންކް ބެލެންސަށްކަން ސިނގިރޭޓު މައްސަލައިގައި ވީގޮތުން އެނގޭ ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ އެމްޕީއެލް ބަނދަރުގައި ހުރި ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި ވިޔަފާރިވެރިން ބަންދުން ދޫކުރުމާ ގުޅިގެންނެވެ.
ފިއްޓެ ވިދާޅުވީ ބައެއް ސްކޭމްތައް ހުއްޓުމާއި، މި ސްކޭމްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް މިއަދާ ހަމައަށް ނޭޅި މިދަނީ ގާނޫނުލް ޢުޤޫބާތުގައި ނެތީމަތޯ ރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ.
މަޖިލީހުން ގޭންގު ބިލެއް ވަރަށް ޒަމާނުން ވަރަށް ވަރުގަދައަށް، ވަރަށް ގިނަ ގޮތް ގޮތަށް މަޝްވަރާކޮށްގެން ފާސްކުރި ކަމަށާއި، އެހެންނަމަވެސް ބިލު ނިންމާފައި ތިން މަސްނުވަނީސް ރައީސް ވަނީ ރާއްޖޭގައި ގޭންގެއް ނެތް ކަމަށް ވިދާޅުވެފައިކަން ފިއްޓެ ވަނީ ފާހަގަކުރައްވާފައެވެ.
އަދި މޯލްޑިވް ގޭސްގެ ދެ ލައްކަ ފަންސާސް ހާސް ޑޮލަރު ގެއްލުނު މައްސަލައަށް އަލިއަޅުވާލަމުން ފިއްޓެ ވިދާޅުވީ އެ ކުންފުންޏާ ހަވާލުވި އެމްޑީ އެ ފައިސާ ކިރާ ބެޓަށް އަޅާފައި ކުޅެލީ ކަމަށް ބުނާ އަޑުތަކެއް އިވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ބެލިފައި ނުވަނީ ޤާނޫނުލް އުޤޫބާތުގައި ލިޔެވިފައި ނެތުމުންތޯ މީހުން ސުވާލު ކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"އެ ފައިސާ ނެތް އިއްޒަތްތެރި ރައީސް. މި މައްސަލަ ނުބެލި މި އޮތީ މި ގާނޫނުގެ ޢުޤޫބާތުގައި މި ވާހަކަ ނުލިޔެގެންތޯ މި ސުވާލު ރައްޔިތުން ކުރާނީ. އަނެއް ސުވާލަކަށް ވާނީ، މޯލްޑިވްގެސްގެ އެމްޑީ އެ ދެ ލައްކަ ފަންސާސް ހާސް ޑޮލަރަށް ހެދި ގޮތެއް މި ޢުޤޫބާތުގައި މިކަން ލިޔުނީމާ ވާނެތޯ؟ މި މައްސަލަ ބެލޭނެތޯ؟" ފިއްޓެ ވިދާޅުވިއެވެ.
ފިއްޓެ ވިދާޅުވީ ގާނޫނު ހެދުން އެއީ ވަރަށް ފަސޭހަކަމެއް ކަމަށާއި އުނދަގުލީ ތަންފީޒުކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު