ފަލަކީ އިލްމުވެރިންގެ ޓީމަކަށް "މަރުވެފައިވާ" އެއްޗެއްގެ ފަރާތުން ރޭޑިއޯ ސިގުނަލެއް ލިބިފައިވާކަން ދާދިފަހުން އާންމުކުރި ދިރާސާއަކުން ހާމަވެއްޖެއެވެ.
މި ސިގުނަލަކީ، މަސައްކަތް ހުއްޓާލާފައިވާ ނާސާގެ "ރިލޭ 2" ނަމަކަށް ކިޔާ ސެޓެލައިޓަކުން އައި ސިގުނަލެކެވެ. މި ސެޓެލައިޓަކީ 1964 ވަނަ އަހަރު ފޮނުވާލި، އަދި 1965 އިން ފެށިގެން އެއްވެސް މަސައްކަތެއް ނުކޮށް އޮތް ބާރުގަދަ މުވާސަލާތީ އާލާތެކެވެ. ނަމަވެސް 60 އަހަރާ ގާތްކުރާހާ ދިގު މުއްދަތަކަށް ފަހު ފެނުނު މި ސިގުނަލަކީ އެ އުޅަނދު އަލުން މަސައްކަތް ކުރަން ފެށުމުން ލިބުނު ސިގްނަލެއް ނޫން ކަމަށް ސައިންސްވެރިން ބުނެއެވެ.
މި ހައިރާންކުރުވަނި ސިގުނަލް އުފެދުނީ "އިލެކްޓްރޯސްޓެޓިކް ޑިސްޗާޖް" އެއްގެ ސަބަބުން ކަމަށް ބެލެވެއެވެ. މިއީ ސެޓެލައިޓްގެ ބޭރު ފަށަލައިގައި ކަރަންޓުގެ ޗާޖު އުފެދި، އޭގެ ސަބަބުން ކުއްލިއަކަށް ބޭރުވި ކަރަންޓު ކަނިވަރެއް ނުވަތަ ސްޕާކެކެވެ. އޮސްޓްރޭލިއާގެ ރޭޑިއޯ ޓެލެސްކޯޕަކުން ފާހަގަކުރި މި ސިގުނަލަކީ އެންމެ 30 ނެނޯސިކަންޓަށް ދެމިގެންދިޔަ ކުރު ސިގުނަލެކެވެ. މީގެ ކުރިންވެސް މިފަދަ ހާދިސާތައް ފެނިފައިވީ ނަމަވެސް، މިއީ އާދަޔާ ހިލާފަށް ކުރު މުއްދަތެއްގެ ސިގުނަލެއް ކަމުން ސައިންސްވެރިންނަށް މިއީ އައު ހޯދުމަކަށް ވަނީ ވެފައެވެ.
ސައިންސްވެރިން ލަފާކުރާ ގޮތުގައި މި ސިގުނަލް އުފެދުމުގެ އަނެއް ސަބަބަކީ ކުޑަ "މައިކްރޯމީޓިއޮރައިޓް" ނުވަތަ ކުޑަ ގައުކޮޅެއް ސެޓެލައިޓްގައި ޖެހުމެވެ. ނަމަވެސް ބޮޑަށް ބުރަވެވެނީ އެ ދުވަސްވަރުގެ ސެޓެލައިޓްތައް ހަދާފައިވާ މެޓީރިއަލްގެ ސަބަބުން އިލެކްޓްރޯސްޓެޓިކް ޑިސްޗާޖެއް ހިނގީ ކަމަށެވެ. މި ހޯދުމުގެ ސަބަބުން ޖައްވުގައި ހުންނަ ބާ ސެޓެލައިޓްތަކުގެ ހާލަތު ދުރުން ދެނެގަތުމަށް އައު ދޮރުތަކެއް ހުޅުވިގެންދާނެއެވެ. އަދި ކާއިނާތުގެ ދުރު ހިސާބުތަކުން އަންނަ އަސްލު ރޭޑިއޯ ސިގުނަލްތަކާއި، މިފަދަ "އޮޅުވާލާ" ސިގުނަލްތައް ވަކިކުރަން ފަލަކީ އިލްމުވެރިންނަށް މީގެ ސަބަބުން އެނގިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު