ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރަށް އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިޔާނާތްތެރިވެ، މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ސާބިތުވާތީ އިތުރު 23 އަހަރަށް ޖަލަަށްލާން ހުކުމްކޮށްފިއެވެ.
އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން، ބައްސާމްގެ އަމިއްލަ ބޭނުމަށް އަމިން އެވެނިއު އިން 2 ޕެންޓްހައުސް ގަތް ކަމަށް ބުނެ ބައްސާމްގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދަޢުވާގެ ޙުކުމް އިއްވަމުން މައްސަލަ ބެއްލެވި ޤާޟީ މުހައްމަދު މިސްބާހް ވިދާޅުވީ، ބައްސާމްގެ މައްޗަށް ހިޔާނާތްތެރިވުމުގެ ދައުވާ އާއި މަނީލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށެވެ.
އެގޮތުން ޤާޟީ ފާހަގަ ކުރެއްވި ނުކުތާތަކުގެ ތެރޭގައި، އަމިިން ކޮންސްޓްރަކްޝަނަށް ލިބުނު 1 މިލިއަން ޑޮލަރުގެ ބަދަލުގައި އެފްއޭއެމަށް ދިވެހި ރުފިޔާ (15.4 މިލިއަން ރުފިޔާ) ގެ ނަގުދު ފައިސާ ލިބުނު ކަމަށް ވައުޗާތަކެއް ހުރި ނަމަވެސް، އެފްއޭއެމަށް ލިބުނު ދިވެހި ރުފިޔާގެ ފައިސާ އެފްއޭއެމްގެ އެކައުންޓްތަކަށް ނުވައްދާކަން އެނގެން އޮތުމާއި، މިފައިސާ އެފްއޭއެމަށް ވަތްކަން ޔަގީން ނުކޮށް، 61 ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 6 މިލިއަން ރުފިޔާއިން ބައްސާމްގެ ނަމުގައި އެޕާޓްމަންޓެއް ގަތުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ހަމަޖެހޭ ކަމެއް ނޫންކަން ހިމެނެއެވެ.
އެހެންކަމުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ނެރުނު ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތްކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެކަން ހިނގާފައިވަނީ ބައްސާމަށް ވެސް އެނގިގެން ކަމަށްވާތީ، ހިޔާނާތުގެ ދައުވާ ސާބިތުވާ ކަމަށް ޤާޟީ ނިންމެވިއެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލައި، ކުށްކޮށްގެން ހޯދި ފައިސާ ލޯންޑާކޮށްފައިވާ ކަންވެސް ސާބިތުވާ ކަމަށް ޤާޟީ ކަނޑައެޅުއްވިއެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި މިހާރުވެސް 9 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް އުފުލާފައިވާ މި ދެ ދައުވާވެސް ސާބިތުވާ ކަމަށް ކަނޑައަޅައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 15 އަހަރަށް ޖަލަށް ލުމާއެކު، 44،715،000 ރުފިޔާއިން އިން ޖޫރިމަނާކޮށް، މިއަދުން ފެށިގެން 24 މަސްދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދައްކައި ޚަލާސްކުރުމަށް އޭނާގެ މައްޗަށް ވަނީ ޙުކުމް ކޮށްފައެވެ.
ހަމައެއާއެކު، ޚިޔާނާތުގެ ކުށް ސާބިތުވެ 8 އަހަރަށް ޖަލަށް ލުމާއެކު، މި ކުށުގެ ސަބަބުން އެފްއޭއެމް އަށް 1،200،000 ޔޫއެސް ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށާއި އެ ފައިސާއަކީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއްކަމަށް ކަނޑައަޅައި، އެފްއޭއެމަށް މި ފައިސާ ލިބިދިނުމުގެ ގޮތުން މިއަދުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި މި ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށްވެސް ބައްސާމްގެ މައްޗަށް ވަނީ ޙުކުމް ކޮށްފައެވެ.
ދަޢުލަތުން ބުނެފައިވަނީ، މައްސަލައިގައި ބުނާ ނަގުދު ފައިސާ ބައްސާމް، އަމިންގެ އެކައުންޓަކަށް ޖަމާކުރީ ހަތަރު ދުވަހެއްގެ މަތިން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ 1.36 މިލިއަން ރުފިޔާ ޑިޕޮސިޓުކުރީ ޖެނުއަރީ 28، 2021 ގައެވެ. ޖެހިގެން އައި ދުވަހު އޭނާ ވަނީ 182،000 ރުފިޔާ ޑިޕޮސިޓުކޮށްފައެވެ.
އޭގެ ފަސް ދުވަސް ފަހުން، ފެބްރުއަރީ 2، 2021 ގައި އޭނާ ވަނީ ދެ ފަހަރެއްގެ މަތިން، އެއް ފަހަރު 474،00 ރުފިޔާ އަދި އަނެއް ފަހަރު 1.06 މިލިއަން ރުފިޔާ، 1.5 މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ. އެންމެ ފަހުން ފައިސާ ޖަމާކުރި މާޗު 28، 2021 ގައި، އޭނާ ވަނީ 2.7 މިލިއަން ރުފިޔާ ޑިޕޮސިޓު ކޮށްފައެވެ.
މި މައްސަލާގައި ދެން ދައުވާކުރާ ހަސަން ވަހީދާއި، އަގީލްގެ މައްޗަށް މިހާތަނަށް ޙުކުމް ކޮށްފައެއް ނުވެއެވެ. ނަމަވެސް "އަމިން ކޮންސްޓްރަކްޝަން"ގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް މިއަދު ވަނީ ޙުކުމް ކޮށްފައެވެ.
ބައްސާމް ދިރިއުޅުނު އަމިން އެވެނިއުގެ 2 އެޕާޓްމެންޓަކީ އެފްއޭއެމްގެ ފައިސާއިން ގަނެފައިވާ ތަނެއް ކަމަށް ތުހުމަތުކޮށް، ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެތަން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. ކޯޓުން މިއަދު ވަނީ، ބައްސާމްގެ ޕެންޓްހައުސްއަކީ މަނީ ލޯންޑާކޮށްގެން ހޯދާފައިވާ މުދާކަމަށް ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު