ގެއަކުން ވައްކަން ކުރަން އުޅުނު މީހާ އެކްޒޯސްޓު ފަންކާގައި ތާށިވެފައި-
ގެއަކުން ވައްކަން ކުރަން އުޅުނު މީހާ އެކްޒޯސްޓު ފަންކާގައި ތާށިވެފައި-
ގެއަކަށް ވައްކަން ކުރަންވެގެން ވަންނަން އުޅުނު މީހަކު ވައިބޭރުކުރާ ފަންކާއެއްގައި ތާށިވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ރާޖަސްތާނުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ މީހާ އެގެއަށް ވަދެ ވައްކަން ކުރަން އުޅުނީ އެގޭގެ މީހުން އެހެން އަވަށަކަށް ގޮސް އުޅެނިކޮށެވެ. އެގޭގެ ވެރިމީހާގެ އަންހެނުން ގެއަށް އައި އިރު، ވަގުކަލޭގެ ފަންކާގައި ތާށިވެފައި އޮތްތަން ފެނި ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމީހާ އެތާ އެއްވެސް އެހީތެރިކަމެއް ނެތް ހާލުގައި ގަޑިއެއްހާއިރު ވަންދެން ތާށިވެ، އެލިފައި އޮތް ކަމަށް ރިޕޯޓުތަކުގަައި ވެއެވެ. އަދި އޭނާގެ ހަށިގަނޑުގެ އެއްބައި ގެއިން ބޭރުން ފެންނަން އޮތްއިރު، އަނެއްބައި އޮތީ ގޭތެރޭގައި ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

ރާޖަސްތާނުގެ ފުލުހުން ބުނިގޮތުގައި އޭނާ އެގެއަށް ވަންނަން އުޅުނީ ވައްކަން ކުރުމުގެ ނިޔަތުގައި ކަމަށްވީނަމަވެސް އޭނާ އެތަނުގައި ތާށިވުމުން އެކަމެއް އޭނާއަކަށް ކާމިޔާބެއް ނުކުރެވުނެވެ. އަދި އޭނާ ތާށި ވުމާއެކު ވައްކަމުގައި އޭނާއާއެކު ބައިވެރިވި މީހާ އޭނާ އެ ހާލުގައި އެތަނަށް ދޫކޮށްލާފައި ފިލީ ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.

އޭނާ އެކްޒޯސްޓުގައި ތާށިވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.

ފުލުހުން ގޮސް އޭނާ އެތަނުން ސަަލާމާތް ކުރުމަށްފަހު ހައްޔަރު ކޮށްފައިވާ ކަމަށާއި، މިކަމާ ގުޅޭ ތަހުގީގެއް ހިންގަމުން ގެންދާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު