ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، މިހާރުގެ ވެރިކަން ދިވެހި ރައްޔިތުންނަށް "ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ" ގޯސްވެއްޖެ ކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަޙުމަދު އީސަ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހަރުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ، ސަރުކާރުން ކުރަން އުޅޭ ކަމެއް، ކުރާނެ ގޮތެއް އަދި ހަދަން އުޅޭ ގޮތެއް އެނގޭ އެއްވެސް ދިވެހި ރައްޔިތަކު މިއަދު ނެތް ކަމަށެވެ. އަދި މި އޮޅުންބޮޅުމުގެ ތެރޭގައި ރައީސް މުޢިއްޒުގެ ވަޒީރުންނަށް ވެސް އެމަނިކުފާނު ޤައުމު ހިންގަވަން އުޅުއްވާ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށް އީސަ ތުހުމަތު ކުރެއްވިއެވެ.
އީސަގެ ވާހަކައިގައި ސަރުކާރުން މަޝްރޫއުތައް ހިންގުމުގައި ގެންގުޅޭ އުސޫލެއް ނެތް ސިޔާސަތުތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން، ބައެއް ރަށްރަށުގެ ބަނދަރު ކޮންނަން ސޮއިކުރާ އިރު، އެ ރަށްރަށުގެ ރަޖިސްޓްރީ އެހެން ތަންތަނަށް ބަދަލުކޮށް ރަށްރަށް ފަޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސޯޝަލް ހައުސިންގެ ޑިޕޮސިޓާއި މަސް ގަންނަ އަގު ފަދަ މުހިންމު ކަންކަން، އެއްވެސް ދިރާސާކުރުމެއް ނުވަތަ ބަޖެޓް ކުރުމެއް ނެތި، ހަމައެކަނި ސިޔާސީ ބޭނުމަށްޓަކައި އެކި ދުވަހު އެކި ގޮތަށް ބަދަލުކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އީއައިއޭ ފަދަ ތިމާވެށީގެ ދިރާސާތަކެއް ނެތި ކުއްލި ކުއްލިއަށް މަޝްރޫއުތައް އުފަންކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
އިޤްތިސާދީ ދާއިރާއިން ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ، ޑޮލަރުގެ އަގު ތިރިކުރަން އައި ސަރުކާރަށް އެކަން ނުވެ، ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު ތާއީދެއް ދިން ރިސޯޓް މުވައްޒަފުންނަށް ވީ ވައުދުތައް ނުފުއްދި، އެ މުވައްޒަފުން މިއަދު ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އޭގެ އިތުރުން، އެމްޑީޕީ ސަރުކާރުން ނ. އަތޮޅުގެ ފަޅެއް ތަރައްގީ ކުރަން އުޅުމުން އެއީ "ރާއްޖެ ވިއްކާލުން" ކަމަށް ބުނި ބޭފުޅުން، މިއަދު ވެރިކަމަށް އައިސް އެ ފަޅުގައި ބޮޑު ޓައުންޝިޕެއް އަޅަން ޓެކްސް ފްރީ ޒޯނެއް ކަނޑައަޅައި ދީފައިވާ ކަމަށް ވިދާޅުވެ އީސަ ވަނީ ސަރުކާރުގެ ދެފުށްގެެރޭ ސިޔާސަތަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު