ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ވިސާ އަދި ވޯކް ޕާމިޓްގެ އުސޫލުތައް އެއްކޮށް އުވާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފައެވެ.
ރައީސް ނަޝީދު މިފަދައިން ގޮވާލައްވާފައި މިވަނީ ދިވެހިންނަށް ލަންކާގެ ވިސާ ހޯދުމުގައި ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާކަމަށް ވިދާޅުވެ ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު، ނުރުހުން ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
މަސްއޫދު ވިދާޅުވި ގޮތުގައި، ލަންކާއަށް ދާ ދިވެހިން ވިސާ ހޯދުމަށް ދިގު އިންތިޒާރެއް ކުރަންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމުގެ ސަބަބުން ދިވެހިންނާ މެދު "ދޮން މަންމަ" އެއްގެ އުސޫލުން ކަންކުރާ ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.
މީގެ ރައްދުގައި ރައީސް ނަޝީދު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ބޯޑަރު ކޮންޓްރޯލް އުވާލުމަކީ އިގްތިސާދީ، އިޖުތިމާއީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންނަށް ވެސް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަމެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ސިޔާސީ މަސްރަހުގައި ބޮޑެތި ބަހުސްތަކެއް އުފެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ލަންކާ ވިސާގެ ދަތިކަން ކުރިމަތިވީ މިހާރުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުތައް ބަލިކަށިވުމުގެ ސަބަބުންނެވެ.
އެގޮތުން މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވެސް ވަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެފައެވެ. ކޮވިޑްގެ ކުރިން 15,000 އެއްހާ ދިވެހިން ދިރިއުޅެމުންދިޔަ ލަންކާގައި މިހާރު ތިބީ ގާތްގަނޑަކަށް 1800 އެއްހާ ދިވެހިން ކަމަށްވާއިރު، ގިބބބނަ ބަޔަކު އެ ގައުމު ދޫކޮށް ދިޔައީ އިގްތިސާދީ ދަތިތަކާ ގުޅިގެންނެވެ.
އާންމުކޮށް އޮން-އެރައިވަލް ވިސާ ލިބުނު ނަމަވެސް، ދިގު މުއްދަތަކަށް މަޑުކުރާ ދިވެހިންނަށް މިހާރު ކުރިމަތިވަމުންދާ ވިސާގެ ދަތިކަމަކީ ދެ ގައުމުގެ ގުޅުމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު