މީހުން ދިރިއުޅޭ ރަށްރަށުގެ ކައިރީގައި ސަފާރީތައް ބަނދަރުކޮށްގެން ހިންގާ ނޭދެވޭ އަމަލުތައް ހުއްޓުވުމަށްޓަކައި، ރަށްރަށާ ކައިރީގައި ސަފާރީ ބޭއްވުން މަނާކުރާ ގޮތަށް ގަވާއިދުތައް އިސްލާހުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އައު ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ލޯކަލް ޓޫރިޒަމް ކުރިއަރަމުންދާ ރަށްރަށާ ކައިރީގައި ސަފާރީތައް ބާއްވައިގެން، އުސޫލުތަކާ ހިލާފަށް ރާ ވިއްކުމުގެ މުއާމަލާތްތައް ހިންގާ ކަމުގެ ޝަކުވާ ސަރުކާރަށް ލިބެމުންދާ ކަމަށެވެ. މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، އަލަށް ގެންނަ އިސްލާހުގެ ދަށުން މީހުން ދިރިއުޅޭ ކޮންމެ ރަށަކާ މަދުވެގެން އެއް ކިލޯމީޓަރު ދުރުގައި ނޫނީ ސަފާރީތައް ނުބޭއްވޭނެ ގޮތަށް ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު އިއުލާންކުރެއްވިއެވެ.
މި ނިންމުން ތަންފީޒުކުރުމުގައި ކައުންސިލްތަކުގެ ދައުރު ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިފަދަ ކަންކަން ދުވަހުން ދުވަހަށް ބަލައި މޮނިޓަރ ކުރާނީ ކައުންސިލްތަކުން ކަމަށެވެ. ނަމަވެސް، އިސްލާމީ އުސޫލުތަކާ ބީރައްޓެހި ފިކުރުތަކުގެ ބޭފުޅުން ކައުންސިލްތަކަށް އިންތިޚާބުވެއްޖެނަމަ، މިފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް އިސްކަން ނުދީފާނެ ކަމުގެ ބިރު އޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރަލާއި، މަސްތުވާތަކެއްޗާއި، އަދި މިނޫންވެސް އެކިކަހަލަ ނުބައި އާދަތަކާ ދުރުހެލިވެފައިވާ ސާފު މުޖުތަމައެއް،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދީނީ އަގީދާއާ ހިލާފު ކަންކަމަށް ހިތްވަރުދޭ ސިޔާސީ ފިކުރުތަކަށް، ސައްތައިންސައްތަ އިސްލާމީ ގައުމެއްގައި ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ގަވާއިދަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން ހެދުން އެޅުމުގައާއި އުޅުމުގައި ގެންގުޅެންޖެހޭ އަޚްލާގީ މިންގަނޑުތައް ސާފުކޮށް ބަޔާންކުރެވޭނެ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށްވުމާއެކު، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ރަށްރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުން ފަދަ ލުއިފަސޭހަ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، ރައްޔިތުންގެ ފަރާތުން ލިބޭ ޝަކުވާތަކަށް ބަލާއިރު، ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ކަންކަން ރަށްރަށުގައި ހިނގަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ފަތުރުވެރިން އަމަލުކުރަންޖެހޭނެ އުސޫލުތައް ހިމެނޭ ގޮތަށް ގަވާއިދު އިސްލާހުކޮށް، ވަރަށް އަވަހަށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވިއެވެ.
މީގެ އިތުރުން،ޤާނޫނުލްޢުޤޫބާތުގައި ދީނާ ހިލާފު ބައެއް އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅިފައި ނެތުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށާއި، އެކަންކަން އިސްލާހުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު