ރާއްޖޭގައި 30 އަހަރު ދުވަހު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަވަހާރަކޮށްލުމަށް ހއ. ހޯރަފުށީގައި ދިން ވަޅީގެ ހަމަލާއަށް މިއަދު 18 އަހަރު ފުރިއްޖެއެވެ.
ޖެނުއަރީ 8، 2008 ގައި ހިނގި މި ހާދިސާއަކީ އެ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭން ދަތުރުފުޅެއްގައި އެމަނިކުފާނު ހޯރަފުއްޓަށް ވަޑައިގެން، ބަނދަރުމަތިން އާންމުންނާ ސަލާމް ކުރައްވަމުން ގެންދަވަނިކޮށް ކުރިމަތިވި ނުރައްކާތެރި ހަމަލާއެކެވެ. އެ ހަމަލާ ދޭން މަސައްކަތް ކުރީ އެ ރަށު ކިނާރާ ހައުސް، މުހައްމަދު މުރުޝިދެވެ. އޭނާ ވަނީ މައުމޫނަށް ހަމަލާދޭން އުޅުނު ކަމަށް އިއުތިރާފްވެ، ފަހުން ޖަލު ހުކުމެއްވެސް ތަންފީޒުކޮށްފައެވެ.
މި ހަމަލާއިން ރައީސް މައުމޫން ސަލާމަތްވީ އެ ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި އުމުރުން އެންމެ 16 އަހަރުގެ ސްކައުޓް ކުއްޖެއް ކަމަށްވާ ޖައިޝަމް އިބްރާހިމްގެ ހިތްވަރުގަދަ މަސައްކަތުންނެވެ. މުރުޝިދު ކުއްލިއަކަށް ނުކުމެ ވަޅިން ހަމަލާދޭން އުޅުމުން، ޖައިޝަމް ވަނީ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ވަޅީގައި ހިފަހައްޓައި އެ ހަމަލާ ނާކާމިޔާބު ކޮށްލާފައެވެ. މި ކުރިމަތިލުމުގައި ޖައިޝަމްގެ ވާއަތް ވަރަށް ބޮޑަށް ޒަހަމްވިއިރު، ރައީސް މައުމޫންގެ ބަނޑުފުޅުން ތެޔޮހަން ދިޔުން ފިޔަވައި އިތުރު ބޮޑު އަނިޔާއެއް އެމަނިކުފާނަށް ލިބިވަޑައެއް ނުގަންނަވައެވެ.
ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މަރުގެ ނުރައްކާތެރި ހަމަލާތަކާ ކުރިމަތިލާން ޖެހުނު ތިން ބޭފުޅުންގެ ތެރޭގައި ރައީސް މައުމޫން ހިމެނިވަޑައިގަންނަވައެވެ. މައުމޫންގެ އިތުރުން ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް 2021 ވަނަ އަހަރު ދިން ބޮން ގޮއްވާލުމުގެ ހަމަލާއާއި، ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި "ފިނިފެންމާ" ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއަކީ ދިވެހި ތާރީޚުގައި ލިޔެވިފައިވާ ކަޅު ސޮފްހާތަކެކެވެ. މި ހަތަރު ރައީސުންގެ ތެރެއިން މިފަދަ ހަމަލާއެއް އަމާޒު ނުވަނީ ހަމައެކަނި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކަށެވެ.

ކިޔުންތެރިންގެ ހިޔާލު