މިހާރު އީރާނުގައި ހިނގަމުންދާ އިޤްތިޞާދީ ހަމަނުޖެހުންތަކާ ގުޅިގެން، އެޤައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި އެމެރިކާ ސަރުކާރަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ދައުލަތުގެ މީޑިއާއިން ބްރޯޑްކާސްޓްކުރި ޚިޠާބެއްގައި ޚާމަނާއީ ތުހުމަތުކުރެއްވި ގޮތުގައި، އީރާނުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކަކީ ވޮޝިންގޓަނުން އަޑީގައި އޮވެގެން ރާވައިގެން ހިންގާ ކަންތައްތަކެކެވެ. އަދި ބޮޑާކަމާއި ކިބުރުވެރިކަމާއެކު ވެރިކަންކުރާ ލީޑަރުންނަށް އޮތީ ނެތިދިއުންކަމަށް ވިދާޅުވެ، ޓްރަމްޕްގެ ވެރިކަންވެސް ވެއްޓޭނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
ޚާމަނާއީގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓުތަކެއްގައި، ތާރީޚުގައި ފާހަގަކޮށްލެވޭ ފިރުޢައުނާއި، ނަމްރޫދު އަދި އީރާނުގެ ކުރީގެ ރަސްގެފާނު މުޙައްމަދު ރިޒާ ޕަހްލަވީ ފަދަ އަނިޔާވެރި ވެރިންގެ މިސާލު ދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހުރިހާ ވެރިންނަކީވެސް އެމީހުންގެ ބާރުގެ އެންމެ ކުރީގައި ތިއްބަވައި، ބޮޑާކަމުގެ އިންތިހާއަށް ދިޔަ ވަގުތު ބޭރުކޮށްލެވުނު މީހުންނެވެ. "މުޅި ދުނިޔެއާ މެދު ބޮޑާކަމާއެކު ގޮތް ނިންމަވާ އެމެރިކާގެ ރައީސް ދަންނަންޖެހޭނެ، އޭނާވެސް ވެއްޓޭނެކަން،" ޚާމަނާއީ ލިޔުއްވާފައިވެއެވެ.
މި މުޒާހަރާތައް ފެށުނީ އީރާނުގެ ފައިސާގެ އަގު އިންތިހާއަށް ވެއްޓި، އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް ކުރިމަތިވި ދަތިތަކާ ގުޅިގެންނެވެ. ނަމަވެސް ޚާމަނާއީ ވިދާޅުވީ ބައެއް މުޒާހަރާކުރާ މީހުން އުޅެނީ ޤައުމުގެ ހަމަޖެހުން ނަގާލައި، އެމެރިކާގެ ރުހުން ހޯދަން ކަމަށެވެ. މުޒާހަރާގެ ތެރޭގައި ތަންތަނަށް ގެއްލުންދީ ހުޅުޖަހާ ހެދުމަކީ "ބޭރުގެ އޭޖެންޓުން" ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ޓްރަމްޕް އީރާނުގެ ރައްޔިތުންނަށް ސަޕޯޓުކުރާކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޚާމަނާއީ ވިދާޅުވީ، ޓްރަމްޕަށް އެވަރުގެ ކުޅަދާނަކަމެއް ހުރިނަމަ އަމިއްލަ ޤައުމުގައި ހިނގާ މައްސަލަތައް ހައްލުކުރެއްވުމަށެވެ. އަދި އީރާނުގެ ރައްޔިތުންނަކީ ބޭރުގެ ނުފޫޒަށް ތަބާވާނެ ބައެއް ނޫންކަމަށާއި، ބޭރު ޤައުމުތަކުގެ ބޭނުމަށް ޤައުމު ހަލާކުކުރާ މީހުންނަކީ ޤައުމުން ބޭރުކޮށްލެވިފައިވާ ބައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު