މާލޭ ސިޓީ ކައުންސިލުން، ވެރިކަން ކުރާ ޕީއެންސީގެ މައި އޮފީސް ހިންގާ ހ. ވެޔޮވިލާގެ ވެރިފަރާތް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ އެ ގޯތީގައި ފަސް ބުރީގެ އިމާރާތެއް ބިނާކޮށްފައިވަނީ އިމާރާތްކުރުމުގެ ގަވާއިދުތަކާ ހިލާފަށް ކަމަށް ކަނޑައެޅުމަށްފަހުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދާ ހިލާފަށް ހުއްދަ ނުހޯދައި މަސައްކަތް ކޮށްފައިވާތީ، ގޯތީގެ ވެރިފަރާތް ކަމަށްވާ ސަފިއްޔާ ޒުބައިރު ޖުމުލަ 128,545 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
މި ޖޫރިމަނާ ކަނޑައަޅާފައިވަނީ އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދުގެ ތިން މާއްދާއަކާ ހިލާފުވެފައިވާތީ ކަމަށް އެނގިފައިވެއެވެ.
އެގޮތުން، ހުއްދަ ނެތި ފަސް ފަންގިފިލާ އިމާރާތްކުރުމުގެ ސަބަބުން 73,545 ރުފިޔާ، އަދި ރަޖިސްޓްރީވެފައިވާ އިންޖިނިއަރެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ބިންގަނޑު ކޮނުމާއި ފައުންޑޭޝަންގެ މަސައްކަތް ކުރުމުން 50,000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ހިމަނާފައެވެ. މީގެ އިތުރުން، އިމާރާތްކުރުމުގެ ގާނޫނާ ހިލާފު ކަންތައްތަކެއް ހިނގަމުންދިޔައިރު، އެކަން ކަމާބެހޭ އިދާރާއަށް އަންގާފައި ނުވާތީ އިތުރު 5,000 ރުފިޔާގެ ޖޫރިމަނާއެއްވެސް ވަނީ ކޮށްފައެވެ.
ކުރިން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ހަރުގެ ވެސް ހިންގާފައިވާ މި ގޯތީގައި ހެދި ޕީއެންސީގެ އާ އޮފީސް އިމާރާތް ހުޅުވައިދެއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި އިމާރާތަކީ ގަވާއިދާ ހިލާފަށް ބިނާކޮށްފައިވާ ތަނެއް ކަމަށް ކައުންސިލުން މިހާރު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު