ކުރީގެ ނައިބު ރައީސް ޖަމީލް އާއި ރައީސް ޑރ. މުއިއްޒު-
ކުރީގެ ނައިބު ރައީސް ޖަމީލް އާއި ރައީސް ޑރ. މުއިއްޒު-
ރައީސް ޑރ. މުހައްމަދު މުއިއްޒު، ދީން ބޭނުންފުޅު ކުރައްވަނީ ސިޔާސީ މަންފާއަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ޕީއެންސީ ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުގެ ސިޔާސީ ވާދަވެރިންނަކީ އިސްލާމް ދީނާ ހިލާފު ފިކުރު ފަތުރާ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރެއްވުމާ ގުޅިގެންނެވެ.

އެ ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޖުވާ ކުޅުން ގާނޫނީ ގޮތުން މަނާ ކުރަން އުޅުމުން އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހެދި ކަމަށެވެ. ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މައްސަލައަކަށްވީ ދީނުގައި އޮތް ގޮތަށް އެމަނިކުފާނު ކަންތައް ކުރައްވަން މަސައްކަތް ކުރެއްވުމުން ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ގައުމުގައި ދީނާ ހިލާފު ކަންކަމަށް ހިތްވަރުދީ، އެކަންކަމަށް ގޮވާލާ ސިޔާސީ ފިކުރުގެ ކަންކަމަކީ މި މާތްވެގެންވާ އިސްލާމް ދީނަށް ލޯބި ކުރައްވާ މި ސައްތައިންސައްތަ އިސްލާމީ މުޖްތަމައުގައި ފުރުސަތު ދެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަބިއްޔާގެ ހަދީޘްފުޅެއްގެ މާނަ ހިއްސާކުރެއްވުމަށްފަހު ޖަމީލް ވިދާޅުވީ ދީނުގެ ވާހަކަ ދައްކަން ރައީސް މުއިއްޒު ކުފޫ ހަމަނުވާ ކަމަށެވެ.

"‏ނަބިއްޔާ ޙަދީޘް ކުރައްވާފައިވަނީ:

أكمل المومنين إيمانا أحسنهم خلقا.. އެންމެ ފުރިހަމަ މުއުމިނަކީ އެންމެ އަޚްލާގު ރަނގަޅު މީހާއެވެ.

‏މުއިއްޒެވެ! ދީނުގެ ވާހަކަ ދައްކަން މަނިކުފާނު ކުފޫހަމައެއް ނުވާކަން ކަށަވަރު." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމުގެ އިތުރުން، ރައީސް މުއިއްޒުގެ އަމިއްލަ ދޮން މަންމައާމެދު ކަންތައް ކުރެއްވި ގޮތުން، އެމަނިކުފާނަކީ ސިޔާސީ މަންފާއަށް ދީން ބޭނުންކުރާ ފަރާތެއްކަން އެބަ ފެންނަ ކަމަށެވެ.

ޕޯސްޓު ނިންމާލައްވަމުން ޖަމީލް ވަނީ، ބޮޑާވުން ހުއްޓާލައި މާތް الله އަށް ބިރުވެތިވުމަށް ރައީސް މުއިއްޒަށް ނަސޭހަތްތެރިވެވަްައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު