ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްގައިވެސް އަޅުގަނޑުމެންނަށް އެހީތެރިކަމާއި، ލަފަޔާއި، ހިތްވަރުދޭނެ އެކުވެރިން ބޭނުންވެއެވެ. އެހެންކަމުން، ދިރިއުޅުން އުޖާލާކޮށް ކާމިޔާބީގެ މަގަށް ދަތުރުކުރަން ބޭނުންނަމަ، އަޅުގަނޑުމެން އިޚްތިޔާރުކުރާ އެކުވެރިޔާއަކީ ވަކި ސިފަތަކެއް ހުރި މީހަކަށް ވާންޖެހެއެވެ.
ދިރިއުޅުން އުޖާލާކުރުމަށްޓަކައި އެންމެ ފުރަތަމަ އިސްކަންދޭންޖެހޭނީ ދީންވެރި، ހެޔޮލަފާ އަހުލާގެއްގެ ވެރި މިތުރަކު ހޯދުމަށެވެ. އެކުވެރިޔާއަކީ ނަމާދަށް ފަރުވާތެރިވާ، އިސްލާމީ ރިވެތި އާދަކާދަތަކުގައި ހިފަހައްޓާ މީހަކު ކަމުގައިވާނަމަ، އެމީހެއްގެ ފަރާތުން އަޅުގަނޑުމެންނަށް ލިބޭނީ ހެޔޮ ނުފޫޒެވެ. ނުބައި މަގުތަކުން ސަލާމަތްވެ، ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތްކުރާ މީހަކު އެކުވެރިއެއްގެ ގޮތުގައި ހުރުމަކީ ތިމާގެ އީމާންތެރިކަން ވަރުގަދަވެ، ދިރިއުޅުމުގައި ބަރަކާތް އިތުރުވާނެ ކަމެކެވެ.
ދެވަނަ ކަމަކަށް، ތެދުވެރިކަމާއި ވަފާތެރިކަމަކީ އެކުވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު އެއް ސިފައެވެ. ދިރިއުޅުމުގެ އުޖާލާކަން ފެންނާނީ އިތުބާރު ކުރެވޭ ފަދަ މިތުރަކު ގާތުގައި ހުރެގެންނެވެ. ތިމާއަށް ދިމާވާ ދަތި އުނދަގޫ ވަގުތުތަކުގައި ފަސްނުޖެހި އެހީތެރިވެދޭ، އަދި ތިމާގެ އުނި ސިފަތައް އިސްލާހުކުރުމަށް ހެޔޮލަފާ ނަސޭހަތްދޭ މީހަކީ އަގުނުކުރެވޭނެ ފަދަ ހަޒާނާއެކެވެ. ދޮގުހަދާ، މަކަރުހަދާ ނުވަތަ ދެބައުވުން އާދަކޮށްފައިވާ މީހަކާ އެކުވެރިވުމަކީ ދިރިއުޅުމުގެ އަލިކަން ގެއްލި، ހިތްނުތަނަވަސްކަމާ ކުރިމަތިލާންޖެހޭނެ ކަމެކެވެ.
މީގެ އިތުރުން، ދިރިއުޅުމުގައި ކުރިއަށްދާން ބޭނުންވާނަމަ އިހްތިޔާރު ކުރަންވާނީ އުންމީދުން ފުރިގެންވާ، ހީވާގި މިތުރެކެވެ. ކަންނެތްކަމާއި، މާޔޫސްކަމުގެ ތެރޭގައި އުޅޭ މީހުންނާ އެކުވުމުން ތިމާގެ ކިބައިގައި ހުންނަ ހަކަތައާއި ޖޯޝްވެސް ގެއްލިގެންދެއެވެ. ނަމަވެސް، ކަންކަމުގައި އިސްނަގާ، އައު ކަންކަން ދަސްކުރުމަށް ލޯބިކުރާ އަދި ކާމިޔާބީއަށް ވާޞިލުވުމަށް ގަދައަޅައި މަސައްކަތްކުރާ އެކުވެރިއަކު ހުރުމަކީ ތިމާގެ ދިރިއުޅުން އުޖާލާކޮށްދޭނެ ކަމެކެވެ. އެފަދަ އެކުވެރިންނަކީ ތިމާގެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށްޓަކައި މަގުދައްކައިދޭނެ "ބައްތި" ތަކެކެވެ.
ދިރިއުޅުމުގެ ދަތުރަކީ އެކި ކަހަލަ ތޫފާންތަކާ ކުރިމަތިލާންޖެހޭ ދަތުރެކެވެ. މި ދަތުރު އުޖާލާކޮށް، ކާމިޔާބު އައްސޭރިއަކަށް ފޯރުމަށްޓަކައި ބޭނުންވަނީ ދީންވެރި، ތެދުވެރި، އަދި ހީވާގި މިތުރެކެވެ. ރަނގަޅު މިތުރަކީ ހަމައެކަނި ދުނިޔަވީ އުފަލެއް ނޫނެވެ. އެއީ އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައިވެސް ލިބޭ ބޮޑު ނިޢުމަތެކެވެ.

ކިޔުންތެރިންގެ ހިޔާލު