މިޞްރުގެ ކުރީގެ ރަސްކަލުން ފަސްދާނުލާފައިވާ މަޝްހޫރު 'ވެލީ އޮފް ދަ ކިންގްސް' އިން 1919 ވަނަ އަހަރު ފެނުނު "ބަޝީރީ" ނަމަކަށް ކިޔާ މަމީއަކީ މިއަދާ ހަމައަށްވެސް އާކިއޮލޮޖިސްޓުންނަށް ހައްލުނުކުރެވޭ ބޮޑު ސިއްރެކެވެ. މީގެ 2،300 އަހަރު ކުރިން، މިޞްރުގެ ބަތްލަމޫސީ ޒަމާނަށް ނިސްބަތްވާ މި މަމީއަކީ އޭގެ އާދަޔާޚިލާފު ފަރުމާގެ ސަބަބުން ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ އާސާރީ އެއްޗެކެވެ.
މި މަމީ ފެނިފައިވަނީ މިޞްރުގެ ރަސްގެފާނު ޓުޓަންކާމޫންގެ މަގްބަރާ ހޯދި މަޝްހޫރު އާކިއޮލޮޖިސްޓް ހޮވާޑް ކާޓާއަށެވެ. ކާޓާ މި މަމީ ފެނުނު ހިސާބުންވެސް މިއީ ތަފާތު އެއްޗެއްކަން ފާހަގަކުރިއެވެ. މި މަމީ ބަންދުކޮށްފައިވާ ފޮތިގަނޑު އަތުރާފައިވަނީ މިޞްރުގެ ޕިރަމިޑްތަކާ ވައްތަރު، ޖިއޮމެޓްރިކް ބައްޓަމަކަށެވެ.
މިއީ މިއަދާ ހަމައަށްވެސް އެހެން އެއްވެސް މަމީއަކުން ފެނިފައިނުވާ ފަރުމާއަކަށް ވުމުން، މިއީ އޭރުގެ މުޖުތަމައުގައި ވަރަށް މަތީ ދަރަޖައެއްގެ މީހެއްކަން ދޭހަކޮށްދެއެވެ. ނަމަވެސް، މި މަމީ ފެނުނުތާ ސަތޭކައަށްވުރެ ގިނަ އަހަރު ވެފައިވާއިރުވެސް، އެއްވެސް މީހަކު މި މަމީ ކަނޑާލާފައެއް ނުވެއެވެ.
ސައިންސްވެރިން ބުނާ ގޮތުގައި މި މަމީ ކަނޑާލައިފިނަމަ، އޭގެ ބޭރުގައިވާ ނާޒުކު ފޮތިގަނޑުގެ ފަރުމާ އެއްކޮށް ހަލާކުވެ، އެ މައުލޫމާތު ދާއިމީކޮށް ގެއްލިގެންދާނެއެވެ. އެހެންކަމުން މި މަމީ ބަލާފައިވަނީ އެކްސް-ރޭ އާއި ސީޓީ ސްކޭން ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.
ސްކޭންތަކުން ދައްކާ ގޮތުގައި މިއީ އިސްކޮޅުގައި ގާތްގަނޑަކަށް 5 ފޫޓު 6 އިންޗި ހުރި ފިރިހެނެކެވެ. މަމީގެ ބޭރުގައި "ބަޝީރީ" ނުވަތަ "ނެނޯ" ފަދަ ނަމެއް ލިޔެފައިވާކަމަށް ބެލެވުނު ނަމަވެސް، އެއީ ކާކުކަން ކަށަވަރުކޮށްދޭނެ އެއްވެސް މައުލޫމާތެއް އަދިވެސް ފެނިފައެއް ނުވެއެވެ. މިހެންވެ، މި މަމީ ބެލެވެނީ މިޞްރުގެ ތާރީޚުގައި ފެނުނު އެންމެ ސިއްރުވެރި އަދި އެންމެ އާދަޔާޚިލާފު އެއް އާސާރީ ހޯދުން ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު