ދިވެހިރާއްޖޭގެ ރައްޔިތުންގެ އާބާދީއަކީ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކާގޮތުގައި އެންމެ 382,000 އެވެ. ނަމަވެސް، މި ކުޑަކުޑަ އާބާދީއަށް އަމާޒުކޮށް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 އަށްވުރެ ގިނަ އެއާޕޯޓް ހުރިއިރު، އިތުރު އެއާޕޯޓްތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ދަނީ ބާރުސްޕީޑްގައި ކުރިއަށެވެ. މިއީ ތަރައްގީގެ ފަޚުރެއްގެ ގޮތުގައި ސަރުކާރުން ސިފަކުރި ނަމަވެސް، ހަގީގަތަކީ މިއީ ގައުމުގެ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއް ކަމެވެ.
ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން ތިން މީހަކީ ކޮންމެވެސް ބާވަތެއްގެ ދަރަންޏެއް ނުވަތަ ދިގު މުއްދަތުގެ އިންސްޓޯލްމަންޓެއް ދައްކަންޖެހިފައިވާ މީހަކަށް ވާއިރު، އާންމު ދިރިއުޅުމުގެ ފެންވަރު ދަނީ ދުވަހުން ދުވަހަށް ދަށްވަމުންނެވެ. މި އެއާޕޯޓްތަކުގެ ތެރެއިން ގިނަ ތަންތަނަކީ ހިންގުމުގެ ޚަރަދުވެސް އަމިއްލައަށް ނުލިބޭ، މާލީ ގޮތުން ދެކޮޅުނުޖެހޭ ތަންތަނެވެ.
ދައުލަތުގެ ބަޖެޓުން ބިލިއަނުން ޚަރަދުކޮށްގެން މިފަދަ މަޝްރޫއުތައް ހިންގާއިރު، މިއީ ސިއްހީ ނިޒާމާއި، ތައުލީމާއި، ބޯހިޔާވަހިކަން ފަދަ އަސާސީ ޚިދުމަތްތަކަށް އިންވެސްޓް ކުރެވެން އޮތް ފައިސާއެވެ. ނަތީޖާއެއްގެ ގޮތުން، ތަރައްގީގެ ކުލަވަރު ދެއްކުމަށް ހިންގާ މި މަޝްރޫއުތަކުގެ ސަބަބުން ދައުލަތް ދަރަނިވެރިވެ، އާންމު ރައްޔިތުންގެ މުހިންމު ބޭނުންތައް ފުއްދުމަށް ބަޖެޓުގައި ފައިސާ ނެތި، ދިރިއުޅުމުގެ އަގުތައް އިންތިހާއަށް އުފުލިގެންދެއެވެ.
އިގްތިސާދީ މާހިރުން އިންޒާރު ދޭ ގޮތުގައި، މި އެއާޕޯޓްތަކަކީ މުސްތަގުބަލުގައި ގައުމަށް ލިބޭ ކުރިއެރުމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ދިގު މުއްދަތަކަށް ދައުލަތުން އުފުލަންޖެހޭނެ ބޮޑު މާލީ ބުރައެކެވެ. ރައްޔިތުންގެ ޖީބަށް ބުރަބޮޑުވެ، އަސާސީ ޚިދުމަތްތަކުގެ ފެންވަރު ދަށްވަމުންދާއިރު، އާމްދަނީއެއް ނުލިބޭ ބޮޑެތި ބިނާތަކެއް އެޅުމަކީ ތަރައްގީއެއް ނޫނެވެ. އެއީ ދުރުވިސްނުމެއް ނެތި، ސިޔާސީ މަންފާއަށްޓަކައި ހިންގޭ ކަންކަމެވެ. މިފަދަ ރައްޔިތުންގެ ހާލަތާއި ނުބައްދަލު ބޮޑެތި ދަރަނިތައް ރައްޔިތުންގެ ބޮލުގައި އެޅިގެންދިޔުމުގެ ސަބަބުން ގައުމުގެ މުސްތަގުބަލު ވައްޓާލެވިގެންދަނީ ނުރައްކަލުގެ ބޮޑު އަނދަވަޅެއްގެ ތެރެއަށެވެ.

ކިޔުންތެރިންގެ ހިޔާލު