ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން ބޮޑެތި ބަލިތަކަށް ފަރުވާ ކުރެވޭގޮތް ހެދުމަށް ސަރުކާރުން ގެންނަ އިސްލާހަކީ ހެޔޮ ބަދަލެއް ނޫން ކަމަށާއި، އެއީ އެކަން ކުރަންޖެހޭނެ ގޮތް ނޫން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޣަފޫރު ވިދާޅުވީ، ޕެންޝަނާ ބެހޭ ގާނޫނަށް ގެންނަން ސަރުކާރުން މިފަހުން ހުށައެޅި އިސްލާޙަކީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ގެނެސްފައިވާ ބަދަލެއް ކަމަށެވެ. އަދި ބޮޑެތި ބަލިތައް ތަހަންމަލްކުރާ މީހުންނަށް ދައުލަތުގެ ބަޖެޓުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި، އެ މީހުންގެ އަމިއްލަ ޕެންޝަން ފައިސާ ޚަރަދުކުރަން ޖެހުމަކީ ރައްޔިތުންނަށް ދެވޭ ދެރައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޣަފޫރު ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން 7 ބިލިއަން ރުފިޔާ ޚަރަދުކުރާއިރު، ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމުގެ ޒިންމާ އުފުލަންޖެހޭނީ ދައުލަތުން ކަމަށެވެ.
"ހެޔޮ ބަދަލަކަށް ވާނީ ދައުލަތުން އެ ބަލިތައް ތަހަންމަލްކުރާ މީހުންނަށް އެކަންކަން ކޮށްދިނުން" ކަން ފާހަގަ ކުރަށްވަމުން ޣަފޫރު ވިދާޅުވީ، މިހާރު ފެންނަނީ ސަރުކާރުން އެ ޒިންމާއިން ރެކި، ރައްޔިތުންގެ އަތްމައްޗަށް އެކަން ދޫކޮށްލާތަން ކަމަށެވެ.
ޕެންޝަން ފަންޑަށް ގެންނަ އިސްލާހުގެ ދަށުން ފައިސާ ދޫކުރަނީ "ޓާމިނަލް އިލްނަސް" ނުވަތަ ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކުގައި، 12 މަހަށް ވުރެ އިތުރަށް ދިރިހުރުމުގެ ފުރުސަތު ކުޑަ މީހުންނަށް ކަމަށް ވާއިރު، އެފަދަ ނާޒުކު ހާލަތެއްގައި އަމިއްލަ ފައިސާ ބޭނުންކުރަން ޖެހުމަކީ އިންސާފެއް ނޫން ކަމަށް ޣަފޫރު ވިދާޅުވިއެވެ.
މީގެ އިތުރުން، ދޮށީ އުމުރުގެ މީހުންނަށް ދޭ 5،000 ރުފިޔާގެ އިނާޔަތާ ގުޅޭގޮތުން ވެސް ޣަފޫރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ވަޒީފާއިން ރިޓަޔާކޮށްގެން ލިބޭ ކުޑަ ޕެންޝަން ފައިސާކޮޅު، ދައުލަތުންދޭ 5،000 ރުފިޔާގެ އިނާޔަތުން އުނިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ، ރިޓަޔާމަންޓް ޕެންޝަނުގެ ގޮތުގައި 3،000 ރުފިޔާ ލިބޭ މީހަކަށް، 65 އަހަރުވުމުން ދޭ އިނާޔަތުން އެ ފައިސާ އުނިކޮށް، ޖުމްލަ 5،000 ރުފިޔާ ލިބޭ ގޮތަށް އޮތުމަކީ އެމީހުންނަށް ލިބޭ އުނިކަމެއް ކަމަށެވެ. އެހެންކަމުން، މިފަދަ ނިޒާމުތައް ބައްޓަން ކުރަންވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި އަދި އިންސާފުވެރި ގޮތަކަށް ކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު