ސިފައިންނާއި ފުލުހުންގެ ވަޒީފާއިން ރިޓަޔާވުމަށްފަހު ދައުލަތުގެ އެހެން މަގާމެއް ނުވަތަ ސަރުކާރު ކުންފުންޏެއްގެ ވަޒީފާ އަދާކުރާ މީހުންނަށް، އެ ވަޒީފާގައި ދެމިތިބޭ މުއްދަތުގައި ރިޓަޔަމަންޓް އިނާޔަތް ނުލިބޭ ގޮތަށް އެއިދާރާތަކުގެ ގަވާއިދުތަކަށް ބަދަލު ގެނެސްފިއެވެ.
އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ސިފައިންގެ ރިޓަޔަމަންޓް ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން، ދަޢުލަތުގެ އާ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި ރިޓަޔަމަންޓް އިނާޔަތް ކަނޑާލެވޭނެއެވެ. އަދި އެ އިނާޔަތް އަލުން ލިބެން ފަށާނީ ދައުލަތުގެ ވަޒީފާއިން ވަކިވާ މަސް ނިމި، ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.
އާ ގަވާއިދުގައިވާ ގޮތުން، ރިޓަޔާވެފައިވާ މީހަކު ދައުލަތުގެ މަގާމަކާ ހަވާލުވުމަށްފަހު އެކަން ޕެންޝަން އޮފީހަށް ނުވަތަ ކަމާބެހޭ އިދާރާއަށް އަންގަން ޖެހޭނެއެވެ. އެކަން ނާންގާ އޮވެ އިނާޔަތް ލިބެމުންދިޔަ ނަމަ، އެ ފައިސާ އަނބުރާ ދައުލަތަށް ދައްކަން ޖެހޭނެއެވެ. އަދި މި ބަދަލަކީ މިހާރު ރިޓަޔާކޮށްފައި ތިބި އެންމެންގެ މައްޗަށް ވެސް ހިނގާނެ ބަދަލެއް ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުންގެ ރިޓަޔަމަންޓް އުސޫލަށް ވެސް މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ މިފަދަ ބަދަލެއް ގެނެސްފައެވެ. ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސަށް މި އިސްލާހު ގެނެސްފައި ވަނީ ސަރުކާރުގެ ހަރަދުތައް ބޮޑުވާތީ، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާތީއެވެ.
ސަރުކާރުން މި ބަދަލު ގެނެސްފައިވާއިރު، ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ވެރިންގެ ގޮތުގައި މިހާރު ވެސް ގިނަ އަދަދެއްގެ ސަލާމަތީ ޚިދުމަތްތަކުން ރިޓަޔަރ ކުރަށްވާފައިވާ ބޭފުޅުން ވަނީ އައްޔަނު ކުރަށްވާފައެވެ. މި ބަދަލާއެކު އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ރިޓަޔަމަންޓް އިނާޔަތް، މަގާމުގައި ތިއްބަވާ މުއްދަތުގައި މެދުކެނޑިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު