ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރިޝްވަތު ދީ ކޮރަޕްޝަން ހިންގާނަމަ އެކަން ރިޕޯޓު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެއެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުންނާއި ޕާޓީތަކުގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުން ތާއީދު ހޯދުމުގެ މަސައްކަތް ފޯރިއާއެކު ކުރަމުން އަންނަ ދުވަސްވަރެއް ކަމަށެވެ.
އެހެންވެ، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ހިންގާ ރިޝްވަތުގެ އަމަލުތަކުން ދުރުވެ، ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް އެންމެން ވެސް ތަބާވާންވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އޭސީސީން ބުނީ ކޮންމެ އިންތިހާބަކާ ދިމާކޮށް ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށާއި ވޯޓު ދިނުމުގެ ހައްގު އަދާކުރުމުގައި ރިޝްވަތުގެ މުއާމަލާތްތައް ހިންގާކަން ފާހަގަ ކުރެވޭ ކަމަށާއި، އެފަދަ އަމަލުތައް އިތުރުވަމުން ދިއުމަކީ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލޭ ކަމެއް ކަމަށެވެ.
އެހެންވެ، އިންތިހާބާ ގުޅޭ ނިންމުންތައް ނިންމުމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އޭސީސީން ބުނީ މިއީ، އަޅުގަނޑުމެންގެ ދަރީންނާއި ޒުވާން ޖީލަށް އަދި ޖުމްލަ ގޮތެއްގައި މުޅި މުޖުތަމައަށް ނުހަނު ގެއްލުން ބޮޑު ކަމެއް ކަމަށާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގައި އެކަމުގެ ހަގީގީ ބާރުވެރިކަމާއި މަންފާ ރައްޔިތުންނަށް ލިބިގެންދާނީ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށެވެ.
އަދި މިފަދަ އިންތިހާބުތަކުގެ ބޭނުމަކީ ރައްޔިތުންގެ ފަރާތުން ނިންމުންތައް ނިންމައި އަދި ދާއިރާ އާއި ރަށުގެ ތަރައްގީއަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ ޒިންމާ ހަވާލުކުރާނެ ހަރުދަނާ ގާބިލު ބަޔަކު ކަނޑައެޅިގެން ދިއުން ކަމަށްވެސް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާ ގޮތަށް އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ.
އަދި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ އިންތިހާބަށް ކެމްޕެއިން ކުރަމުން އަންނަ ފަރާތްތަކުން އިންތިހާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ އަމަލެއް ހިންގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ، އެފަދަ ކަމެއް ލަސްނުކޮށް ކޮމިޝަނަށް ރިޕޯޓް ކުރުމަށް ވެސް އޭސީސީން ވަނީ އެދިފައެވެ.
ރިޕޯޓްކުރުމުގައި މައްސަލަ ތަފްސީލުކޮށް ބަޔާންކުރުމާއެކު، މައްސަލަ ރައްދުވާ ފަރާތް ނުވަތަ އިދާރާ އަދި މައްސަލަ ހިނގި ނުވަތަ ހިނގަމުންދާ ދުވަސްވަރު ބަޔާންކުރަންވާނެ ކަމަށް އޭސީސީން ބުނެއެވެ. އަދި އެފަދަ މައްސަލައެއް ކޮމިޝަނަށް ހުށަހަޅައިފި ނަމަ، ނުވަތަ އެފަދަ ކަމެއް އެއްވެސް ގޮތަކުން އެ ކޮމިޝަނަށް ފާހަގަކުރެވިއްޖެ ނަމަ، އެކަމެއް އަމިއްލަ ގޮތުން ވެސް ތަހުގީގުކުރާނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު