ފްލައިޓު ޑިލޭވުމުން ހާސްވުމުގެ ބަދަލުގައި ކޮށްލީ ކަސްރަތެއް-
ފްލައިޓު ޑިލޭވުމުން ހާސްވުމުގެ ބަދަލުގައި ކޮށްލީ ކަސްރަތެއް-
ފުރަން ގޮސް ފްލައިޓު ޑިލޭ ވުމުން އެކަމާ ހާސް ވުމުގެ ބަދަލުގައި، އެހެން ފަސިންޖަރުން ގޮވައިގެން ކަސްރަތު ކުރި މީހަކު ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެއެވެ.

މިއީ ދާދި ފަހުން ކައިރޯ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓެއް ޑިލޭ ވުމާ ގުޅިގެން ދިމާވި ވަރަށް އާދަޔާ ހިލާފު ހާދިސާއެކެވެ.

ކައިރޯ އެއާޕޯޓުގައި އެ ފްލައިޓު ޑިލޭވެ، ފަސިންޖަރުން އެކަމާ ކަންބޮޑުވާން ފެށުމުން، ޗައިނާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިއަކު ވަނީ އެ އެންމެން ގޮވައިގެން ޓާމިނަލް ތެރޭގައި ކަސްރަތު ކުލާހެއް ކުރިއަށް ގެންގޮސްފައެވެ. މިކަމުގެ ސަބަބުން ހުރިހާ ފަސިންޖަރުން ހަމައަކަށް އެޅި، މުޅި ތަނުގެ މާހައުލު ބަދަލުވެގެން ދިޔައެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އެ ވީޑިއޯ ދައުރުވާން ފެށުމާއެކު ގިނަ ބަޔަކު ވަނީ އެ އަަންހެން މީހާއަށް ތައުރީފް ކޮށްފައެވެ. އަދި މިއީ ރަނގަޅު ހިޔާލެއް ކަމަށާއި، ކަމެއް ނުކޮށް އަތް އުރާލައިގެން ތިބުމަށްވުތެ ކަސްރަތު ކުރުންވެސް މާ ރަނގަޅު ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

ފުރަން ގޮސް ތިބޭއިރު ތަފާތު އެކި ސަބަބުތަކާ ހުރެ ފްލައިޓުތައް ޑިލޭ ވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ވަރަށް ގިނައިން ދިމާވާ މައްސަަލައެކެވެ. ރާއްޖޭގައިވެސް މި މައްސަލަ ވަރަށް ދިމާވެއެވެ.

މިފަދަ ހާލަތްތަކުގައި ފަސިންޖަރުން ވަރަށް ރުޅިގަދަވެ، އެއާޕޯޓް ސްޓާފުންނަށް އެ ރުޅި ބާލާ މަންޒަރުވެސް ވަރަށް ބޮޑަށް ފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު