ކެބިނެޓް ބައްދަލުވުމެއް ކުރިޔަށްދަނީ
ކެބިނެޓް ބައްދަލުވުމެއް ކުރިޔަށްދަނީ
2026 ފެބުރުއަރީ 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީ ކަމަށެވެ.

ކޮންމެ އަހަރެެއްގެވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުމެވެ. މި ޖަލްސާ އޮންނާނީ ފެބްރުއަރީ 5 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

ރިޔާސީ ބަޔާނުގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ، ސަރުކާރުގެ ތަސައްވުރާއި މަސައްކަތްތަކާއި ގުޅޭ ތަފްސީލު ހިމެނޭއިރު، އެ ބަޔާނާ ގުޅޭ ގޮތުން އިދިކޮޅުން ވެސް މަޖިލީހަށް ބަޔާނެއް ހުށަހަޅާނެ އެވެ.

މިއީ ރައީސް މުޢިއްޒު ވެރިކަމާއި ހަވާލު ވެވަޑައިގެންނެވިފަހުން ދެއްވާ 3ވަނަ ރިޔާސީ ބަޔާނެވެ.



ކިޔުންތެރިންގެ ހިޔާލު