ފިލައިގެން އުޅޭ ހަ ބިދޭސީއަކު ހޯދަން އިމިގްރޭޝަނުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
އިމިގްރޭޝަނުން ހޯދަމުންދަނީ ބާބުލް މިއާ (41 އ) އާއި، އަބްދުލް ކާދިރު ނިލޯއީ (28 އ) އާއި އެމްޑީ އިބްރާހީމް (25 އ) އާއި ޝޮހެލް މިއާ (32 އ) އާއި ރަނާ މިއާ (26 އ) އަދި އެމްޑީ މިރާޒް (30 އ) އެވެ.
މި ހަ މީހުންނަކީވެސް ބަންގްލަދޭޝަށް ނިސްބަތްވާ މީހުން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ، އިމިގްރޭޝަންގެ ނަންބަރު 7980408 އަށް ފޯނުން ގުޅައި، ނުވަތަ އީމެއިލް މެދުވެރިކޮށް އެންގުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އަނބުރާ ގައުމަށް ފޮނުވާލުމަށް އިމިގްރޭޝަނުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހަމަ އެއާއެކު ގާނޫނާ ޚިލާފަށް ރާއްޖޭގައި ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި އެފަދަ މީހުންނާ މެދު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އަންނަނީ ގާނޫނީ ފިޔަވަޅު އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު