އީރާނުގައި ހިނގަމުންދާ ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ގުޅިގެން އެމެރިކާއިން އެ ގައުމަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވެފައިވާތީ، އިސްރާއީލުގެ ސިފައިން (އައި.ޑީ.އެފް) އޮތީ ތައްޔާރީ ހާލަތެއްގައި ކަމަށް އެ ގައުމުން ބުނެފިއެވެ. އީރާނުން ވަނީ އެމެރިކާއިން ހަމަލާއެއް ދީފިނަމަ، އިސްރާއީލަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
އީރާނުގެ މަސްރަހު ދިރާސާކުރާ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ބުނާ ގޮތުގައި، މުޒާހަރާގެ ބައިވެރިންގެ ތެރެއިން މިހާތަނަށް 648 މީހުން ވަނީ މަރުވެފައެވެ. ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އީރާނު ސަރުކާރުން މުޅި ގައުމުން އިންޓަނެޓް ކަނޑާލާފައިވާތީ، މަރުވި މީހުންގެ އަދަދު މިއަށްވުރެ މާ ގިނަވުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، އީރާނުގެ ބައެއް ރައްޔިތުން މިހާރު އިންޓަނެޓް ބޭނުންކުރަމުންދަނީ އިލޮން މަސްކްގެ ސްޓާލިންކް ސެޓެލައިޓް ހިދުމަތް މެދުވެރިކޮށެވެ.
އިސްރާއީލު ސިފައިންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އެފީ ދެފްރިން ވިދާޅުވީ، އީރާނުގެ މަސްރަހާ ގުޅޭގޮތުން ފެތުރެމުންދާ ތަފާތު ތޯތޯ ވާހަކަތަކަށް އާންމުން ސަމާލުކަން ނުދިނުމަށެވެ. އަދި އީރާނުގެ މުޒާހަރާތަކަކީ އެ ގައުމުގެ ދާޚިލީ ކަމެއް ކަމަށާއި، ނަމަވެސް އިސްރާއީލު އޮތީ "ދިފާއީ ގޮތުން ތައްޔާރަށް" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދަނީ ކޮންމެ ދުވަހަކު މަސްރަހު ވަޒަންކުރަމުންނެވެ.
މިދިޔަ ޖޫން މަހު އިސްރާއީލުން ވަނީ އީރާނާ ދެކޮޅަށް 12 ދުވަހުގެ ހަނގުރާމައެއް ކޮށްފައެވެ. އެ ހަނގުރާމައިގައި އިސްރާއީލުން ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކާއި، ބާލިސްޓިކް މިސައިލް ޕްރޮގްރާމްތަކުގެ އިތުރުން އިސް އަސްކަރީ ވެރިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އިސްރާއީލުން ގަބޫލުކުރާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ހަމަލާދީފިނަމަ، އެއީ އަނެއްކާވެސް އިސްރާއީލާއި އީރާނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށުމަށް މެދުވެރިވާނެ ސަބަބެކެވެ.
މި ނުރައްކާތެރި ހާލަތާ ގުޅިގެން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ކުރީގެ ސްޓްރެޓީޖިކް އެފެއާޒް މިނިސްޓަރު ރޮން ޑާމާ ހިމެނޭހެން ސަލާމަތީ އިސް ބޭފުޅުންނާއެކު ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އެމެރިކާއިން އީރާނަށް ދީފާނެ ހަމަލާއަކާ ގުޅިގެން އިސްރާއީލުން އަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު