އެޕިސޯޑް 15
...............
[އާނ ދަރިފުޅާ...ގެޔާ ޖެހިގެން ހުރި ގޭ ނާފިލް ބައްޕައަށް އެހީނުވިނަމަ، ބައްޕަ އުޅުނީހީ ވަރަށް ނިކަމެތި ޙާލެއްގައި. އެސޮރު ބައްޕައަށް ހާދަ ހެވޭ. ރެޔާދުވާލު އެސޮރު ހޭދަކުރަނީ ބައްޕަ ގާތުގައި. މިދަތުރުގައި އެސޮރު ބައްޕައާއެކު މާލެވެސް އައޭ.....] ނާފިލަށް ތަޢުރީފް ކުރަމުން ވަސީމް ބުންޏެވެ.
[އެންމެ ރަނގަޅުދޯ...މި މަންޖެ ގެންދިޔަޔަސް....މިގޭގައި ހުންނާނެ ކުއްޖަކާވެސް އަހަރެން ވާހަކަ ދައްކާފައި އޮންނާނީ.] ނާސްތާ ކުރަން ފަށަމުން ވަސީމް ބުންޏެވެ.
[އާނ....ވަސީމް ބަލިއްޔާ، މި މަންޖެ ނުގެންގޮސް ކަމަކުނުދާނެ....އެކަމަކު ވަސީމް ވާނެ މިގެއަށް އެހެން ކުއްޖަކު ހޯދައިދޭން....] ޙަފީޒާ ބުނެލިއެވެ. ލޮލުގެ ފެނުން ގެއްލިފައި ވިޔަސް، އަދި އަދަށް ދާންދެންވެސް ޙަފީޒާއަކީ އެގޭގައި އެންމެ ބަސްވިކޭ މީހާއެވެ. އެހެންކަމުން، އެގޭގައި ކޮންމެފަދަ ކަމެއް ކުރިޔަސް، އޭނާގެ ލަފާ ހޯދައެވެ. ކޮންމެ ކަމެއްގައިވެސް އެންމެފަހުގެ ނިންމުންތައް ނިންމަނީ ޙަފީޒާއެވެ.
[އާނ ރަނގަޅު ކުއްޖަކު ހޯދައިދޭނަން...] ވަސީމް ނާސްތާކުރަން ފަށަމުން ބުންޏެވެ.
[ދަރިފުޅާ ސުދާ މިއަދު ކޮބައިތަ ފިރާޝާ؟ އަދިވެސް ނުތެދުވަނީތަ؟] ފިރާޝާ މަތިން ހަނދާން ކުރަމުން ޒަކީ އެއްސެވެ.
[އަދި ނުތެދުވަނީހެން ހީވަނީ....މުޢާޒުވެސް އަދި ނާސްތާކުރާކަށް ނާދޭ.] ސުދާ ބުންޏެވެ. ފިރާޝާގެ ރުއިމުގެ އަޑު އެވެރިންނަށް އިވުނީ ދެނެވެ. އެއަޑު އިވުމާއެކު، ޒަކީ ތެދުވެގެން އެދިމާއަށް (ކޮޓަރިއާ ދިމާއަށް) ހިނގައިގަތެވެ. ފަހަތުން ކަހަލަ ގޮތަކަށް ކުޑަދަރިފުޅު އަޒްހާންގެ އެހީގައި ޙަފީޒާވެސް ހިނގައިގަތެވެ. ޒަކީމެނަށް ކޮޓަރިއާ ހަމައަށް ދެވުނު ވަގުތު ފިރާޝާ ރޮމުން ކޮޓަރިން ނުކުންނަނީއެވެ.
[ކަލޭގެ އެއްވެސް އެއްޗެއް މިގޭގައި ނުބަހައްޓާ ގެންދާތި....މީގެފަހުން ތި ކެހިވެރި ސޫރަ އަހަންނަށް ފެނިގެންވެސް ނުވާނެ.] ކޮޓަރިއާ އަރާހަމަވި ވަގުތު އިވުނު މުޢާޒުގެ އަޑުން ޒަކީޢާއި ޙަފީޒާ ހުއްޓުނެވެ. ކަމުގެ ޙަޤީޤަތް ނޭނގޭތީ ޙައިރާންވެސްވިއެވެ. އޭރު ފިރާޝާ ރޮމުން ނުކުންނަނީއެވެ.
[ކިހިނެއްވީ ދަރިފުޅާ؟] ޒަކީ ކޮޓަރިއަށް ވަނެވެ. ކުޑަދަރިފުޅު އަޒްހާންވެސް ފިރާޝާގެ އަތުގައި ހިފެހެއްޓިއެވެ.
[ދަރިފުޅާ...މަންމައާއި ދަރިފުޅަކަށް ދެން މިގެޔަކު ނުތިބެވޭނެ...ހިނގާ ދާން.] ފިރާޝާ ކުރިއަށް ހިނގައިގަތެވެ. އަޒްހާންގެ އަތުގައި ހިފައިގެންނެވެ. ފިރާޝާ ބުނި އެއްޗެއް ނުވިސްނޭތީ، އަޒްހާން ފިރާޝާގެ މޫނަށް ބަލަހައްޓައިގެން ހުރެ ހިނގައިގަތެވެ.
[މަންމަ ކޮންތާކަށް....ކޮއްކޮ ދާނީ ބައްޕަވެސް ގޮވައިގެން....] އަޒްހާން ހުއްޓުނެވެ. ފިރާޝާ ރޮމުން ދަރިފުޅު މެޔާލާ ބޮނޑިކޮށްލިއެވެ. އޭރު ޒަކީ ފަހަތުން ޙަފީޒާވެސް ކޮޓަރިއަށް ވަދެއްޖެއެވެ.
[ދަރިފުޅާ...ކިހިނެއްތަ ވެގެން މިއުޅެނީ؟] އެތެރެއަށް ވަންނަމުން ޙަފީޒާ އެއްސެވެ. އެއަށްފަހު، މުޢާޒު ހުރިހާ ވާހަކައެއް މަންމައަށާއި ބައްޕައަށް ކިޔައިދިނެވެ. ނަމަވެސް، އެވާހަކަވީ ޙަފީޒާމެނަށް ޤަބޫލުކުރަން ދަތިވި ވާހަކައަކަށެވެ.
[ކުޑަދަރިފުޅު ހާދަ ދެރަވާނެއޭ.....] ޙަފީޒާއަށް ބުނެވުނެވެ. އޭރު ފިރާޝާ ދަރިފުޅުގެ އަތުގައި ހިފައިގެން އެގެއިން ނުކުމެއްޖެއެވެ.
[ދަރިފުޅު ކިތަންމެ ދެރަވިޔަސް މަންމާ....އެފަދަ މީހަކަށް ދުވަހަކުވެސް އިތުބާރު ކުރަން ހެޔޮވާނެތަ؟ އެ ކެހިވެރިޔާގެ ސަބަބުން އަހަރެންގެ ޢުމުރުގެ ހާދަ ގިނަ ދުވަހެއް ބޭކާރު ގޮތުގައި ފާއިތުވެއްޖޭ.....] މުޢާޒުގެ ލޯވެސް ކަރުނުން ތެމިފޯވެއްޖެއެވެ.
[ހިތްވަރުކުރޭ ދަރިފުޅާ...އިރާދަކުރެއްވިއްޔާ، ދަރިފުޅުގެ ކުރިމަގު ފަހުން މާ ރަނގަޅުވާނެ...ދަރިފުޅުގެ ޙަޔާތަށް ދެން އަންނާނީ ހުރިހާ ގޮތަކުންވެސް ފުރިހަމަ މީހެއް.] ޒަކީ މުޢާޒުގެ ބޮލުގައި ފިރުމާލަމުން ހިތްވަރު ދިނެވެ.
[ދެން ހިނގާ ނާސްތާ ކުރަން...ކޮއްކޮވެސް ވެއްޖެ ކާގޭގައި. ސުދާގެ ބައްޕަވެސް ސުދާ ބަލާ އައިސް އެބަހުރި....] ޒަކީ ތެދުވަމުން ބުންޏެވެ. މުޢާޒުވެސް ތެދުވެ މަންމަގެ އަތުގައި ހިފައިގެން ކާގެޔާ ދިމާއަށް ހިނގައިގެންފިއެވެ.
[ވަސީމްބެ އައީ ސުދާ ބަލައޭތަ؟] ބައްޕަ އެބުނި އެއްޗަކާ ދޭތެރޭ މުޢާޒަށް ވިސްނުނީ ކޮޓަރިން ނުކުމެވުނު ފަހުންނެވެ.
[އާނ...އޭނަ ބުނި، އެހެން ކުއްޖަކު ހޯދައިދޭނަމޭ...އެހެން ނޫނަސް، އަބަދަކު އެމަންޖެއަކަށްވެސް ރަށަށް ނުގޮސް މިގެޔަކު ނޫޅެވޭނެއެއްނު.] ޙަފީޒާ ބުންޏެވެ.
އެމީހުނަށް ކާގެޔަށް ދެވުނުއިރު، ވަސީމް ހުރީ އަސްޢަދަށް ކާންދޭށެވެ. ސުދާ މުޢާޒަށް ދޭން ސައި ތައްޔާރު ކުރަނީއެވެ.
[ތެދެއް ވަސީމްބޭ! ސުދާ ރަށަށް ގެންދަނީތަ؟] މުޢާޒު ކާމޭޒުދޮށުގައި އިށީންނަމުން ވަސީމް ގާތު އެއްސެވެ.
[އާނ...ވަސީމްބެ މިހާރު ހުންނާނެ އެހެން ކުއްޖަކު ހޯދާފައި.] ވަސީމް ޖަވާބު ދެމުން، ރޮށިކޮޅެއް އަސްޢަދުގެ އަނގަޔަށްލައިދިނެވެ. އޭރުވެސް އަސްޢަދުގެ ލޮލުން ކަރުނަ ވިދަވިދާ ހުއްޓެވެ. އޭނާ ބޭނުންވެއެވެ. މިހާރު ސުދާގެ ސިފައިގައި އެވަނީ ސުދާ ނޫންކަން އެންމެންނަށް ސާބިތުކޮށްދޭށެވެ. އެއީ ނާމާންކަމުން ފުރިގެންވާ ޖިންނިއެއްކަން އެންމެންނަށް އަންގާށެވެ. ނަމަވެސް، މިހާރު އެފަކީރު އެހުރި ޙާލަތުން އެއްވެސް ކަމެއް އޭނާއަކަށް ކުރެވޭކަށް ނެތެވެ. އޭނާއަކަށް ވާހަކައެއް ނުދެއްކެއެވެ. އަތްފައި އަދިވެސް ޙަރަކާތެއް ނުކުރެވެއެވެ. އޭނާ މިހާރު އިންތިޒާރު ކުރަމުން އެދަނީ އޭނާއަށް ވާހަކަ ދެއްކި، ހުރިހާ ޙަޤީޤަތެއް އެންމެންގެ ކުރިމަތީގައި ހާމަވެ، ސުދާ ފަޟީޙަތްވާނެ ދުވަހަކަށެވެ. ގައިމެވެ. އެދުވަސް ފެންނާކަށް މިހާރު މާދުރު ކުރިމަގެއް ނެތެވެ. ޑޮކްޓަރުން ބުނެފައިވެއެވެ. މާދުރު ނޫން ކުރިމަގެއްގައި އޭނާއަށް ވާހަކަ ދެއްކި، ހަށިގަނޑުގެ ޙަރަކާތްތައްވެސް ކޮންމެވެސްވަރަކަށް ކުރެވިދާނެއެވެ. އޭނާއަށް ލިބިފައިވާ ހަމައެކަނި ހިތްހަމަޖެހުމަކީ އެއީއެވެ. އޭނާ ބޭނުމެވެ. ބާރެއް ލިބުނު ދުވަހަކުން ސުދާގެ ކިބައިން ބަދަލުހިފާށެވެ.
[ދަރިފުޅާ...ބަދިގެ ނިންމާފައި، ނިކަން އަވަހަށް ކޮޓަރިއަށް އަންނައްޗޭ...ބައްޕަ ދަރިފުޅާ ދައްކަންޖެހޭ ވަރަށްގިނަ ވާހަކަތައް އެބަހުރި.] ކާގެއިން ނުކުންނަމުން ވަސީމް ބުންޏެވެ. ސުދާ ބޯޖަހާލުމަށްފަހު، ކުރިން ކުރަންހުރި މަސައްކަތާއިގެން މަޝްޣޫލުވެއްޖެއެވެ.
[ސުދާ ދިޔުމުން، މިހާރު ކަންތައް ދިމާވެފައިވާ ގޮތުން ވަރަށް އުނދަގޫވާނެ.] ވަސީމް ނުކުތުމުން ޙަފީޒާ ބުންޏެވެ. ވަސީމް ދައްކަން އުޅޭ ވާހަކަ އަޑުއަހާލުމަށް ހިތް އަވަސްވެފައި ހުރިވަރުން އޭނާ ނިކަން އަވަހަށް ބަދިގޭގެ މަސައްކަތްތައް ނިންމާލިއެވެ. އޭނާ ކޮޓަރިއަށް ގޮސް ވަންއިރު، ވަސީމް ފެންވަރައިގެން ނުކުންނަނީއެވެ.
[އައިސް އިށީނދޭ ދަރިފުޅާ....ބައްޕަ ދަރިފުޅު ގާތު ދައްކަން މިއުޅޭ ވާހަކައަކީ...ދަރިފުޅުގެ ކައިވެނީގެ ވާހަކަ.] ވަސީމް ތުވާލި ހަރުގަނޑުގައި އަޅުވާލުމަށްފަހު ވާހަކަ ފެށިއެވެ. ސުދާއަށް އިސްޖެހުނެވެ. ހީވާކަހަލައެވެ. އެ މައުޟޫޢަށް އޭނާ ވާހަކަ ދައްކަން ބޭނުން ނުވަނީއެވެ.
[ދަރިފުޅުގެ ޢުމުރުންވެސް މިހާރު ތިހުރީ ވިހި ބާވީސް އަހަރުވެފައި. ދަރިފުޅުތީ މި ބައްޕަ ހާދަ ފޮނި ހުވަފެންތަކެއް ދެކޭ ކުއްޖެކޭ...ދަރިފުޅާ...ބައްޕަ މި ބުނަން އުޅޭ ވާހަކައަކީ...ބައްޕަ މިހާރު ނިންމައިފީމޭ، ދަރިފުޅުގެ ކައިވެނި ވަރަށް އަވަހަށް ކުރަން. ނާފިލް ދަރިފުޅާ ދޭތެރޭ ނުލާހިކު ހިތްހަމަޖެހޭ....ނާފިލް ބައްޕަ ގާތު އެދިގެނޭ ދަރިފުޅު ރަށަށް ގެންދަން މިއުޅެނީވެސް....] ވަސީމް ވާހަކަ ދައްކަމުން އައިސް ސުދާ ގާތުގައި އިށީނެވެ. އެވަގުތު ސުދާގެ މޫނުމައްޗަށް ނުރުހުމުގެ އަސަރު ވެރިވިނަމަވެސް، އެކަން ވަސީމަކަށް ފާހަގައެއް ނުކުރެވުނެވެ.
[އަނެއްކާ ދަރިފުޅު ނާފިލާ ދޭތެރޭ ހިތްހަމަނުޖެހެނީތަ؟] ސުދާ ވާހަކަ ނުދައްކާ ހިމޭނުން ހުރުމުން ވަސީމަށް ޝައްކުވިއެވެ.
[ނޫން....ބައްޕަގެ ކޮންމެ ނިންމުމަކަށްވެސް އަހަރެން މަރްޙަބާ ކިޔާނަން....] ވިހަ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވުމަށްފަހު ސުދާ ބުންޏެވެ. ޔަޤީނެވެ. އެވަގުތު އޭނާގެ ސިކުނޑިއަށް ރަނގަޅު ޚިޔާލެއް ފައިދާވިއެވެ.
[މާދަމާރޭ ނާފިލް އަންނާނެ މިގެޔަށް ދަރިފުޅާ ބައްދަލުކުރަން.] ވަސީމް ބުންޏެވެ.
[ކޮން ގެއަކުތަ ނާފިލް އުޅެނީ؟] ސުދާ އޭނާގެ ޚިޔާލާ އެއްގޮތަށް ދަތުރުކުރުމަށްޓަކައި މަގު ހޯދަން ބޭނުންވިއެވެ.
[މާފަންނު ސަހަރާ ކުރިމަތީގައި ހުންނަ ގެއެއްގައި އުޅެނީ. ބައްޕަ ހަނދާންވާ ގޮތުން އެގެޔަށް ކިޔަނީ [ބޯގަންވިލާ] ވަސީމް ބުންޏެވެ. ސުދާ ބޯޖަހާލުމަށްފަހު ހީލިއެވެ.
[ބައްޕަ މިދަނީ އެގޭދޮށަށް ދާން ކަމަށް...އަދި މާދަމާވާނެ މިގެޔަށް ގެންނަ އަންހެން މަންޖެވެސް ގެންނަން.] މިހެން ބުނެފައި ވަސީމް ނުކުމެއްޖެއެވެ.
ސުދާ އެނދުގައި އޮށޯވެލިއެވެ. މިހާރު އޭނާގެ ސިކުނޑީގައި ވަނީ މުޅިންވެސް އެއް ޚިޔާލުތަކެކެވެ. އޭނާއަށް ސިފަވަމުން ދަނީ ނާފިލެވެ. އޭނާ ނާފިލާ ކުރިމަތިލާނެ ގޮތެވެ.
ގަޑީގެ ކަށި އެނބުރެމުން އައިސް މެންދަމުން އަނބުރާ ދޭއްޖެހިކަން އިޢުލާން ކުރުމާއެކު، ސުދާ ފުންމައިގެން ތެދުވެއްޖެއެވެ. އޭރު ތަރުފާލުމަތީގައި ބައްޕަ ވަސީމް ނިދާފައި އޮތެވެ. ސުދާ ތެދުވެ ފުރަތަމަ ބަލައިލީ، ނިދާފައި އޮތް ވަސީމާ ދިމާއަށެވެ. އޭނާ ކޮޓަރިން ނުކުތީ އެއަށްފަހުގައެވެ. އޭނާ ކޮޓަރިން ނުކުމެވެސް ހުއްޓި ވަށައިގެން ސިއްރުވެރި ގޮތަކަށް ބަލައިލިއެވެ. ހީވަނީ ވަގަކު ވައްކަމަކަށް ފާރަލާހެންނެވެ.
އިރުކޮޅެއް ވަންދެން ހުއްޓި ހުރުމަށްފަހު، އޭނާ ލުއި ހިނގުމެއްގައި ގޮސް ގެއިން ނުކުމެއްޖެއެވެ. އޭރު ގަޑިން ދެގަޑިބައިވެ ބޮޑުވެދާނެއެވެ. އެހެންކަމުން، މަގުމަތިވެސް އޮތީ ނިކަން ހަމަހިމޭންކޮށެވެ. ގެއިން ނުކުމެވުމާއެކު، އޭނާގެ އެއްވެސް ޚިޔާލެއް ފިކުރެއް ހުރިހެނެއް ހިއެއްނުވެއެވެ. މަދުން ނަމަވެސް ދުއްވަމުންދާ އެއްވެސް ވެހިކަލަކަށް އޭނާ ފެންނަހެނެއްވެސް ހިއެއްނުވެއެވެ. އޭނާގެ މިޞްރާބު މިހާރު އެހުރީ މަޖީދީމަގުން ސީދާ މާފަންނާވީ ކޮޅަށެވެ. ބައެއްފަހަރު ޓެކްސީތައް އޭނާއާ ދާދި ކައިރިންދާހެންވެސް ހީވެއެވެ. ގައިމެވެ. އެއިން ޑްރައިވަރަކަށް އޭނާ ފެންނަނަމަ، މަޑުކޮށްފައި ފޮށިފައި ނޫނީ ނުދާނެއެވެ.
ހިނގަމުން ހިނގަމުން ގޮސް އޭނާ ހުއްޓުނީ ސީދާ މާފަންނު ސަހަރާ ކުރިމައްޗަށެވެ. އެއަށްފަހު އޭނާ ފަސްއެނބުރި ބަލައިލިއެވެ. މިހާރު އޭނާ ސީދާ ހުއްޓު އެހުރީ މާފަންނު ބޯގަންވިލާގެ ކުރިމައްޗަށެވެ. އިރުކޮޅެއް ވަންދެން މަގުމަތީގައި ހުރުމަށްފަހު، އޭނާ ގޮސް ބޯގަންވިލާގެ ދޮރާށީގެ ތަޅުގައި ހިފާލިއެވެ. ހަމައެއާއެކު ދޮރު މަޑުމަޑުން ހުޅުވިއްޖެއެވެ. އެގޯތިތެރެއަކު އެއްވެސް އަލިކަމެއް ނެތެވެ. ވެރިވެފައި ވަނީ ކަނު އަނދިރިކަމެވެ. ސުދާ އެތެރެއަށް ވަދެގެން ހިނގައިގަތެވެ. ނާފިލް ނިދާފައި އޮތް ކޮޓަރިއާ ދިމާއަށެވެ. އެކޮޓަރީގައި ނިދަނީ އެކަނި ނާފިލް ނޫންކަން އެނގުނީ އޭނާ ގޮސް ކޮޓަރި ދޮރު ހުޅުވީމައެވެ. އެކޮޓަރިތެރޭގައި ހުރި އާދައިގެ އެނދެއްގައި ދެމީހަކު ނިދާފައި ތިއްބެވެ. ތަރުފާލުމަތީގައި ނާފިލްގެ އިތުރުން، އޭނާގެ ކޮއްކޮ ޝަހުދުވެސް އޮތެވެ. ދޮރު ހުޅުވައިގެން ކޮޓަރިތެރެއަށް ނަޒަރު ހިންގާލަ ހިންގާލާ ހުރުމަށްފަހު ސުދާ އެތެރެއަށް ވަނެވެ. ދެން ފެނުނީ އޭނާ ނިދިފައި އޮތް ނާފިލްއާ ދިމާއަށް ހިނގައިގަތްތަނެވެ. އެވަގުތު ނިދީގައި އޮވެ ނާފިލް ފުރޮޅިލިއެވެ. ސުދާ ނާފިލާ އަރާ ހަމަކޮށް ނާފިލާ ދިމާއަށް ގުދުވެލިއެވެ.
[ނާފިލް....ތެދުވޭ....ނާފިލް.] ސުދާ ނާފިލްގެ ކަންފަތާ ކައިރިވެލަމުން، ވައިއަޑުން ގޮވާލިއެވެ. ނާފިލް އަނެއްކާވެސް ފުރޮޅިލިއެވެ.
[ނާފިލް.....ނާފިލް....މަންޒިލަށް ދާން އާދޭ....] މިފަހަރު ސުދާ ގޮވީ ކަންފަތުގައި އަނގަ ޖަހާފައެވެ.
[އޫނ...ކާކު....؟] ނާފިލް ލޯ ހުޅުވިއެވެ. ހަމައެއާއެކު، ފެނުނު މަންޒަރުން އޭނާގެ ދެލޮލުން ނިދީގެ އަސަރު އެއްކޮށް ފިލައިގެންދިޔަ ކަހަލައެވެ.
[ސުދާ....މިއޮއް ދަންވަރު!......ކިހިނެއް މިތަނަށް ވަނީ؟] ނާފިލް ތެދުވިއެވެ. ސުދާ ހީގަތެވެ. ނިދާފައި ތިބި އެހެން މީހުނަށް ނީވޭވަރަށް މަޑުމަޑުންނެވެ.
[ވަނީ ދޮރުން....މިރޭ ކޮންމެހެން މިގެޔަށް މިއައީ ބައްޕަ ނާފިލްގެ ވާހަކަ ދެއްކީމަ، ނާފިލަށް ޝުކުރު އަދާނުކޮށް ލޮލަށް ނިދިނައީމަ.] އަތުގެ އިޝާރާތުން ނާފިލް ގާތު އަންނާށޭ ބުނެފައި، ސުދާ ކޮޓަރިން ނުކުތެވެ. ފަހަތުން ނާފިލް ނުކުމެ ކޮޓަރި ދޮރު މަޑުމަޑުން ލެއްޕިއެވެ.
[ހިނގާ އަހަންނާއެކު ހިނގާލަން ދާން...އަހަރެން މިރޭ ބޭނުންވަނީ، ހުރިހާ ވަގުތެއްގައިވެސް މިރޭ ބައްޕައަށް އޯގާތެރިވި ނާފިލާއެކު ހޭދަކުރަން.] ސުދާ ހިނގައިގަތީ ގެއިންވެސް ނުކުންނާށެވެ.
[މިހާ ދަންގަޑިއެއްގައި ދެމީހުން އެކަނި އުޅޭތަން ފެނިއްޖެއްޔާ ސިފައިންގެއަށް ގެންގޮސްފާނެ....ވާހަކަ ދައްކާ ހަދާލަން މިގޯތިތެރެވެސް އެންމެ ރަނގަޅެއްނު.] ގޯތިތެރޭ ހުރި ޖޯލިފައްޗަކާ ދިމާއަށް އިޝާރާތް ކުރަމުން ނާފިލް ބުންޏެވެ.
[އާނ...އެންމެ ރަނގަޅު....އެކަމަކު އަހަރެންގެ މަޤްޞަދު ޙާޞިލް ކުރަން މި މާޙައުލު ރަނގަޅެއްނު...ކޮންމެހެންވެސް ނާފިލްވާނެ މިރޭ އަހަންނާއެކު ބޭރަށްދާން....] ސުދާ ނާފިލާއެކު ޖޯލިފަތީގައި އިށީނދެއްޖެއެވެ.
[ނާފިލް...ނާފިލް އަހަރެންގެ ބައްޕައާ ދޭތެރޭ ބެހެއްޓި އޯގާތެރިކަމުގެ ބަދަލުދޭނެ ގޮތެއްވެސް އަހަންނަކަށް ނުވިސްނޭ. ހިތަށްއަރާ....ބަދަލުގައި އަހަންނަށް ނާފިލަށް ދެވޭނީ ކޯއްޗެއްބާއޭ....] ސުދާ ނާފިލްއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
[އަހަރެން ބަދަލެއް ބޭނުމެއް ނޫން...ސުދާ ހީކޮށްފާނެ...އަހަރެން ސުދާގެ ކައިވެންޏަށް އެދުނީ އެ އޯގާތެރިކަމުގެ ބަދަލެއްގެ ގޮތުންނޭ...އެކަމަކު ސުދާ ފަހަރެއްގައިވެސް އެހެން ހީނުކުރާތި...އަހަރެން ސުދާގެ ކައިވެންޏަށް އެދުނީ ލޯބިވާތީ.....] ނާފިލް ސުދާގެ އަތުގައި ހިފަހައްޓާލިއެވެ. އެވަގުތު ސުދާގެ ތުންފަތަށް ވެރިވީ ލުއި އެހެން ނަމަވެސް ހިތި ހިނިތުންވުމެކެވެ.
[ލޯބި...ލޯތްބަކީ ބައެއް މީހުންނަށް ފުރާނައާ ކުރިމަތިވާ ނުރައްކަލަކަށްވެސްވޭ....] ސުދާ ހީގަތެވެ. ނިކަން ބާރަށެވެ.
[ތިބުނީ ކީކޭ؟ އަހަންނަކަށް ނުވިސްނުނު.] ސުދާ ބުނި އެއްޗެއް ނާފިލަކަށް މާރަނގަޅަކަށް ނުވިސްނުނެވެ.
[ތަފްޞީލު ފަހުން ކިޔައިދޭނަން...އެވާހަކަ ދައްކަން މި މާޙައުލު އަހަންނަކަށް އެހާ ހިތްހަމައެއްނުޖެހޭ....އަޅެ ހިނގާ އަހަންނާއެކު އަހަރެން ބުނާ ތަނަކަށް ދާން....] ސުދާ ޖޯލިން ތެދުވިއެވެ. ބޯޖަހާލަމުން ނާފިލްވެސް ތެދުވިއެވެ.
[ސުދާ ބޭނުންވަނީ ކޮންތާކަށް ދާންތަ؟ ސުދާ ނިކަން މިގަޑިއަށް ބަލައިލަބަލަ.] ނާފިލް އޭނާގެ އަތުކުރީގައި އޮތް ގަޑި ސުދާއަށް ދެއްކިއެވެ.
[އިތުރަށް ސުވާލުނުކޮށް އަހަންނާއެކު އަހަރެން ދާ ތަނަކަށް ގޮސްދީފާނަންތަ؟] ދޮރާށި ހުޅުވާފައި ސުދާ ނުކުތެވެ. އެންމެ ރަނގަޅޭ ބުނެފައި، ސުދާގެ ފަހަތުން ނާފިލްވެސް ހިނގައިގެންފިއެވެ.
ސުދާ މިޞްރާބުޖެހީ ސީދާ ވިލިނގިލީ ފެރީ ޓަރމިނަލާ ދިމާއަށެވެ. ފެރީ ޓަރމިނަލާ ހަމައަށް ދެވެންދެން އިތުރަކަށް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
[އަދިވެސް ސުވާލުނުކޮށް ހުންނަންވީތަ؟ ކޮންތާކަށްތަ ސުދާ ދާން ތިއުޅެނީ؟ ވިލިނގިއްޔަށް؟] ފެރީ ޓަރމިނަލާ އަރާ ހަމަވުމާއެކު ނާފިލް އެއްސެވެ.
[އާނ ވިލިނގިއްޔަށް....ރައްޓެއްސެއް ގާތުގައި މިރޭ ދާނެ ވާހަކަ ބުނެފައި....ނުވާނެއެއްނު ދޮގު ހަދާކަށްދޯ؟] ސުދާ ގޮސް ފެރީއަށް އެރިއެވެ. ފަހަތުން ގޮސް ނާފިލްވެސް ފެރީއަށް އަރައިފިއެވެ. އެރުމާއެކުހެން ފެރީ ވިލިނގިއްޔާ ދިމާއަށް ދަތުރު ފަށައިފިއެވެ.
ސުދާއާއި ނާފިލްއާ ދެމީހުން ތިބީ ވަރަށް ގާތުގައި ޖެހި ފިތިގެނެވެ. އެވަގުތު ފެރީގައި ތިބީ ނެވިމީހާގެ އިތުރުން ފަޅުވެރިއެކެވެ. އެހެންކަމުން، މުޅި އޮޑީގައި ވެރިކަން ކުރަމުން ދިޔައީ ސުދާއާއި ނާފިލްއެވެ. އެވަގުތު ނެވިމީހާއާއި ފަޅުވެރިޔާގެ ޙަރަކާތް ހުރިގޮތުން، ބައެއްފަހަރު ހީވެއެވެ. އެވެރިންނަށް ނާފިލް ފިޔަވައި އިތުރު މީހަކު ނުފެނެއެވެ. ތެދެކެވެ. ވީވެސް އެހެންނެވެ. އެމީހުންނަކަށް ސުދާއެއް ނުފެނެއެވެ. އެމީހުންގެ ހުރިހާ ނަޒަރެއް ހުއްޓިފައި ވަނީ އެކަނިމާއެކަނި ޙަރަކާތްކޮށް ވާހަކަ ދައްކަމުންދިޔަ ނާފިލްއާ ދިމާއަށެވެ.
[ބައްޕަ ނުދައްކާތަ އަހަންނާ ބެހޭގޮތުން ވާހަކައެއް؟] ނާފިލް ސުދާގެ އަތުގައި ހިފަހައްޓާލަމުން ބުންޏެވެ. އޭރުވެސް ފެރީގައި ތިބި މީހުންނަކަށް ނާފިލް ފިޔަވައި އިތުރު މީހަކު ނުފެނެއެވެ. އެމީހުންނަށް ފާހަގަކުރެވުނީ ނާފިލް އެކަނި ހުރެގެން ވާހަކަ ދައްކަމުންދިޔަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު