ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ފޮޓޯ: ސޯޝަލް މީޑިއާ)
ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ފޮޓޯ: ސޯޝަލް މީޑިއާ)
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކާއެކު ޕީޖީން އެއްބަސްވުން ހެދުމުން، އެމީހާ 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލި ކަމަށް ތުހުމަތުކުރެވޭ މީހަކު ކުށަށް އިއުތިރާފުވެ ޕީޖީ އޮފީހާއެކު ވަނީ އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާއެކު ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތަކުން ހަދާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ކުށްވެރިޔާއަށް އާންމުކޮށް ލުއިތަކެއް ލިބެއެވެ. ނަމަވެސް، މި މައްސަލައިގައި ގާނޫނުގައި ބުނާ އަދަބަށް މާބޮޑު ލުޔެއް ދީފައެއް ނުވެއެވެ.

ގާނޫނުގައި މިފަދަ ކުށްތަކަށް ކަނޑައަޅާފައިވާ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. ޕީޖީ އޮފީހާއެކު އޭނާހެދި އެއްބަސްވުމާއެކު މިދިޔަ މަހުގެ 31 ވަނަ ދުވަހު އޭނާގެ މައްޗަށް ކޯޓުން އިއްވާފައިވަނީ، 11 އަހަރުގެ ޖަލު ހުކުމެކެވެ.

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮތް އަތްލުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނިކޮށް މިމައްސަލައިގައި ދައުވާ ލިބުނު މީހާއާއިއެކު ދައުލަތުން އެއްބަސްވުމެއް ހެދީ ކީއްވެކަމެއް ޕީޖީ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު