ވެރިފަރާތުގެ ހުއްދައާ ނުލާ ގެއަކަށްވަދެ، އަނބުގަހުން ވަގަށް އަނބު ބިން މީހަކު 7 މަސް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކޮށްފައި ވަނީ، ކ. ދިއްފުށި ހިޔާގެ މުހައްމަދު ނަސީރުގެ މައްޗަށެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން ކޮށްފައިވެއެވެ. އެއީ ގޭގެ ވެރިފަރާތުގެ ހުއްދައެއް ނެތި ދަންވަރުގެ ވަގުތެއްގައި މާލޭގެ ލިލީމަގުގައި ހުންނަ ގ. ކަންޒުދޮށުގޭ ތެރެއަށްވަތް މައްސަލައިގައި، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އާއި އެ ގޭ ތެރޭގައި ހުރި އަނބު ގަހަކުން 127 އަނބު ބިނދެފައިވާތީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.
މި ދެ ދައުވާއަށް އޭނާ ވަނީ އިއުތިރާފް ވެފައެވެ.
އެހެންކަމުން އޭނާ ވައްކަން ކުރުމުގެ ކުށުގައި ހަތަރުމަހާއި 24 ދުވަހަށް ޖަލަށް ލުމުގެ އިތުރުން، ވެރިފަރާތުގެ ހުއްދަނެތި އެ ގެއަށް ވަދެފައިވާތީ ދެ މަހާއި 12 ދުވަހަށް ޖަަލަށް ލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު