ތައިލެންޑުގެ ނޮންތަންބުރީގައި އިއްޔެ ފެށި ފުރަތަމަ ސާފް ފިރިހެން ފުޓްސަލް ޗެމްޕިއަންޝިޕްގައި، ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޕާކިސްތާން ބަލިކޮށްފިއެވެ.
މުޅިން އަލަށް ބާއްވާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ޕާކިސްތާން، ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާއެވެ. މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށެވެ.
ފުރަތަމަ ހާފުގެ ފުރިހަމަ ކޮންޓްރޯލް ރާއްޖެއަށް
މެޗު ފެށިގެން ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކައި ޕާކިސްތާންގެ ގޯލަށް ނުރައްކާކޮށްފައެވެ. ރާއްޖެއަށް ލީޑު ނަގައިދިނީ މެޗުގެ 12 ވަނަ މިނެޓުގައި އަހުމަދު ހަމީދު (އަންމަޑޭ) އެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން އަލީ ޝިޔާހް (ޝިޔާ) ވަނީ ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްދީފައެވެ.

މެޗު ބަލަން ވަދެ ތިބި ދިވެހި ސަޕޯޓަރުން ފޮޓޯ : ރަސް އޮންލައިން
ރާއްޖޭގެ ތިންވަނަ ލަނޑު ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކުރި އިރު، ޕާކިސްތާނުން "ޕަވާ ޕްލޭ" އަށް ބަދަލުކޮށްގެން ކުރިއަށް ޖެހެން މަސައްކަތް ކުރިއެވެ. ނަމަވެސް، ރާއްޖޭގެ ކީޕަރު ޒައިދާން އަހުމަދު (އަސޫ) ވަނީ ޕާކިސްތާނުގެ ހަމަލާއެއް ދިފާއުކުރުމަށްފަހު، އެއްފަހަރުން ބޯޅަ ފޮނުވާލައިގެން ހިތްގައިމު ގޯލެއް ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ދުރު ޕެނަލްޓީއަކުން އަލީ ޝަމާލް އަބްދުﷲ (ޝަންމު) ވަނީ ރާއްޖޭގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ.
ދެވަނަ ހާފުގައިވެސް ރާއްޖޭގެ ގޯލްތަކެއް
ދެވަނަ ހާފުގައިވެސް ޕާކިސްތާނުން ޕަވާ ޕްލޭގެ ބޭނުންކޮށްގެން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް، ރާއްޖެއިން ވަނީ އެ ފުރުސަތުގެ ބޭނުން ހިފައި ހަވަނަ ލަނޑު ޖަހާފައެވެ. މި ލަނޑުވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން އިންމި އެވެ.ޕާކިސްތާނުގެ ހަމައެކަނި ލަނޑު ކިކް-އިން އަކުން ލިބުނު ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ނިސާރު ހުސައިން އެވެ
މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް، ރާއްޖޭގެ ހަތްވަނަ ލަނޑު ފެނިގެންދިޔައީ ވަރަށް ފުރިހަމަ ކުޅުމަކަށް ފަހުގައެވެ. ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ޗިޕްކޮށްލައިގެން މި ލަނޑު ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

ކިޔުންތެރިންގެ ހިޔާލު