އީރާނުގެ އަސްކަރީޔާ
އީރާނުގެ އަސްކަރީޔާ
އެމެރިކާގެ އަސްކަރީ ހަމަލާއެއް ވަރަށް އަވަހަށް އަތުވެދާނެ ކަމަށް ބުނެ ހުޅަނގުގެ އަސްކަރީ މަސްދަރުތަކުން އިންޒާރު ދީފައިވަނިކޮށް، އީރާނުން ރޭ ދަންވަރު އެގައުމުގެ ވައިގެ ސަރަހައްދު ހުރިހާ އުދުހުންތަކަކަށް ބަންދުކޮށް ކުއްލި "ނޮޓަމް" އެއް ނެރެފިއެވެ. ފްލައިޓް ޓްރެކް ކުރާ ވެބްސައިޓްތަކުން ދައްކާ ގޮތުގައި މި އެންގުން ނެރުމުގެ ކުރިން އީރާނާއި އިރާގުގެ ވައިގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ބޯޓުތައް ވަނީ ވަރަށް ބާރަށް އެ ސަރަހައްދުތައް ދޫކޮށް ގޮސްފައެވެ.

ފްލައިޓްރޭޑާ24 އިން ބުނި ގޮތުގައި ގާތްގަނޑަކަށް ދެ ގަޑިއިރަށް ދެމިއޮތް މި އެންގުމަކީ އެމެރިކާގެ ހަމަލާއެއް އަތުވެދާނެ ކަމުގެ ނިޝާންތައް ފެންނަން ހުރުމުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެކެވެ. ނަމަވެސް، ހުޅަނގުގެ ބައެއް އޮފިޝަލުން ގަބޫލުކުރާ ގޮތުގައި މިއީ އެންމެން ސަމާލުކަމުގެ މަތީގައި ބޭތިއްބުމަށާއި ކަންކަން ކުރާނެ ގޮތް ނޭނގޭ ގޮތަށް ބޭއްވުމަށް އެމެރިކާގެ މިހާރުގެ ސަރުކާރުން ގެންގުޅޭ ސްޓްރެޓެޖީގެ ބައެކެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އީރާނުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް، މީހުން މަރަމުންދިޔަ ދިއުން އެގައުމުން މިހާރު ހުއްޓާލާފައިވާ ކަމުގެ ޔަގީންކަން އިތުބާރު ހުރި ފަރާތްތަކުން ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެހެންކަމުން، އީރާނަށް ހަމަލާއެއް ދިނުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށާއި، ނަމަވެސް އެމެރިކާއިން މަސްރަހު ވަރަށް ގާތުން ބަލަމުންދާނެ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ. މިއާއެކު، އީރާނުން ވައިގެ ސަރަހައްދު ބަންދުކުރި ނަމަވެސް، އެމެރިކާގެ ރައީސްގެ ވާހަކަފުޅުން ދޭހަވަނީ އަސްކަރީ ކުރިމަތިލުމަކަށް ދިއުމުގެ ފުރުސަތު މިވަގުތު ކުޑަވެފައިވާ ކަމެވެ.



ކިޔުންތެރިންގެ ހިޔާލު