ޗައިނާގެ އަންހެނަކު އޭނާގެ ކައިވެނީގެ ޙަފްލާއަށް އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ދައުވަތު ދިނުމުން، އެކަކު ފިޔަވައި އެހެން އެއްވެސް މީހަކު ނުދިޔަ ހާދިސާއަކާ ގުޅިގެން އޭނާ އެ އޮފީހުގެ ވަޒީފާއިން ވަކިވެއްޖެއެވެ.
ފަސް އަހަރު ވަންދެން އެ ކުންފުންޏެއްގައި މަސައްކަތްކުރި މި އަންހެން މީހާ ކައިވެނީގެ ދައުވަތު އޮފީހުގެ 70 މުވައްޒަފުންނަށް ފޮނުވީ، ވަކި ބަޔަކަށް ދައުވަތު ދީފިނަމަ އެހެން މީހުން ހިތްހަމަނުޖެހިދާނެތީ އެންމެން ބައިވެރިކުރުމުގެ މާތް މަޤްޞަދުގައެވެ. އަދި ކައިވެނީގެ ދެ މަސް ކުރިން ދައުވަތު ދީ، އޮފީހުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުންނަށް ކައިވެނީގެ ހަދިޔާ ވެސް ކުރިން ވަނީ ބަހާފައެވެ.
ކައިވެނީގެ ބޮޑު ޙަފްލާ ބޭއްވި ދުވަހު، އޮފީހުގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހަ މޭޒު ތައްޔާރުކޮށްފައި ހުރި ނަމަވެސް، އެ ތަނަށް ހާޒިރުވީ އޭނާގެ ދަށުން މަސައްކަތްކުރާ އެންމެ މުވައްޒަފެކެވެ. މީގެ ސަބަބުން ތައްޔާރުކުރި ގިނަ އަދަދެއްގެ ކާނާ އުކާލަން ޖެހުމުގެ އިތުރުން، ފިރިމީހާގެ އާއިލާގެ ކުރިމަތީގައި އޭނާ ވަރަށް ބޮޑަށް ލަދުގަންނަން ޖެހުނެވެ. މި ހިތްދަތި ތަޖުރިބާއާ އެކު، އޭނާއާ އެކު މަސައްކަތްކުރާ މީހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭކަން އިޙްސާސް ކުރެވި، ޖެހިގެން އައި ދުވަހު އޮފީހަށް ގޮސް ވަގުތުން ވަނީ އިސްތިއުފާ ދީފައެވެ.
މި ހާދިސާ ސޯޝަލް މީޑިއާގައި ދައުރުވުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ބައެއް މީހުން ބުނާ ގޮތުގައި މިއީ ވަޒީފާގެ މާޙައުލުގައި އޮންނަ ގުޅުންތަކުގެ ހަޤީޤަތް ހާމަވެގެންދިޔަ ކަމެކެވެ. އަދި އޮފީހުގެ ރަޙްމަތްތެރިކަމަކީ ހަމައެކަނި ރަސްމީ ގުޅުމެއްގެ ގޮތުގައި ބޭއްވުމުގެ މުހިންމުކަމާ މެދު އާންމުންގެ މެދުގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު