ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު ހުރި ގޮތަށް ބަލާއިރު، މިސްރާބު ބަދަލުނުވެ މިގޮތަށް ކުރިއަށް ގޮސްފިނަމަ، ދިވެހި ރައްޔިތުންނަށް ކުރިމަތިލާންޖެހޭނީ ތާރީޚުގައިވެސް ރާއްޖޭގެ ރައްޔިތުން އުޅޭނެ އެންމެ ދަތި އުނދަގޫ ދުވަސްތަކާ ކަމަށް ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރި ގޮތުން ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް "އޮފް ސީޒަން" ގައި ވަކިން ހާއްސަކޮށް ޗައިނާ މާކެޓް ދަށަށް ދިޔުމުން ފަތުރުވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް ދަށަށްދާނެ ކަމަށާއި، މި ބަދަލާއެކު ޑޮލަރުގެ ރޭޓު 24 ނުވަތަ 25 ރުފިޔާއަށް އަރައިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
ސައުދުﷲ ވިދާޅުވީ، ދޮގުހަދައި މަކަރާއި ހީލަތުން ރައްޔިތުންނަށް އޮޅުވާލައިގެން ދާއިމީކޮށް ސަރުކާރަށް ނޫޅެވޭނެ ކަމަށެވެ.
"މިއަދު އަސްލު އަޅުގަނޑުމެން ކުރަންވެފައިވާ ކަމަކީ އަޅުގަނޑުމެންގެ މުޖުތަމައު ހޭލުންތެރިވާންވީ. ރައްޔިތުން ހޭލުންތެރިވާންވީ ތިމަންނަމެންގެ ހައްގަކީ މިއީ ނޫންކަން ތިމަންނަމެންނަށް އިހުސާސްވާންވީ،" އޭނާ ވިދާޅުވިއެވެ.
ސައުދުﷲ އިތުރަށް ވިދާޅުވީ، ދައުލަތް ބަޔަކާ ހަވާލުކުރަނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފަސޭހަކަމާއެކު ފުއްދައިދީ، ގާނޫނީ އިމުގެ ތެރެއިން އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ގިނަ ދޮގުތަކެއް ހަދާފައިވާ ކަމަށާއި، އޭގެ ސަބަބުން މިހާރު އެކަންކަމުން ސަލާމަތްނުވެވި، ވީ އެއްވެސް ވައުދެއް ފުއްދިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެެ.
"ވެރިކަމަށް އަންނަންވެގެން ހެދި ދޮގުތަކުން ހަގީގަތުގަ މިހާރު މިދަނީ އެއިން ސަލާމަތް ނުވެ. ކޮންމެ ގޮތެއްވިޔަސް އެ ވައުދުތައް ނުފުއްދެވި، ވިޔަފާރިވެރިންނަށްވީ ވައުދުތައް ނުފުދޭ، އާންމު ރައްޔިތުންގެ ޒަރޫރީ ކަންތައްތަކަށްވީ ވައުދުތައް ނުފުއްދޭ،" ސައުދުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން، ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ސައުދު ވިދާޅުވީ ހުޅުމާލޭގައި އަޅާނެ ކަމަށް ބުނި ފްލެޓްތަކުގެ އެންމެ ބިންގަލެއްވެސް މިހާތަނަށް ފެންނަން ނެތް ކަމަށެވެ. އަދި ޗައިނާ އިން ގެނެސްގެން ފްލެޓްތައް އަތުރާލާނެ ކަމަށް ބުނި ނަމަވެސް، އެކަމަށްވެސް ވަގުތު ނަގާނެ ކަމަށާއި، ރައްޔިތުން މިއަދު މިކަންކަމާ ސުވާލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތަކަށް އިޝާރާތްކުރައްވަމުން ސައުދުﷲ ވިދާޅުވީ، އެމް.ޑީ.ޕީގެ ވެރިކަމުގައި ނުހިނގާ ވަރަށް ކަންކަން މިހާރު ފެންނަމުންދާ ކަމަށެވެ. އެގޮތުން އެމް.ޕީ.އެލް އިން 40 ފޫޓުގެ ކޮންޓޭނަރު ގެއްލި، އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ސަރަހައްދުން ބޭންކު ތިޖޫރީ ގެއްލުނީ މި ސަރުކާރުގައި ކަމަށް ސައުދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު