ކުރީނެ ނައިބު ރައީސް މުހައްމަދު ޖަމީލް-
ކުރީނެ ނައިބު ރައީސް މުހައްމަދު ޖަމީލް-
ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދިނުމުން، އޭގެ ބަދަލުގައި ރައީސް މުއިއްޒު ރައްޔިތުންނަށް ދިނީ ދޮގާއި، މަކަރާއި، ކޮރަޕްޝަންގެ ހަދިޔާ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި ވަނީ ކައުންސިލްތަކަށް ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން ނުހޮވަންޖެހޭ ސަބަބުތަކަށް އަލިއަޅުވާލަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޖަމީލް ވިދާޅުވީ ‏ސަރުކާރުގެ ވިސްނުމާއި އަދި ސިޔާސަތު އޮތްގޮތް މާލޭ ސިޓީ ކައުންސިލްގެ 4 ޖަލްސާ ޕީއެންސީގެ ކައުންސިލަރުން ކެންސަލް ކުރުމުން އެބަ އެނގޭ ކަމަށެވެ.

"މުއިއްޒު ބޭނުންވަނީ ބާރު ކަނޑުވާލަން. ޖަވާބުދާރީ ނުވަން." ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް މުއިއްޒަށް ކައުންސިލްތައް ދޭން ނުޖެހޭ ސަބަބު މާލޭ ސިޓީ ކައުންސިލުން އެކަނިވެސް ސާފުވާ ކަމަށެވެ.

"‏ރައްޔިތުންގެ މަޖްލިހާއި ސަރުކާރު ދިނުމުން މުއިއްޒު ރައްޔިތުންނަށް ދިނީ ދޮގާއި، މަކަރާއި، ކޮރަޕްޝަންގެ ހަދިޔާ!" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫޢުތައް ކުރިއަށް ނުގެންދެވެނީ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް މިހެން ވިދާޅުވެފައިވީ ނަމަވެސް، މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް މިފަހަކަށް އައިސް ކެންސަލް ކުރަން ޖެހިފައިވަނީ ޕީއެންސީ މެމްބަރުންގެ އެއްބާރުލުން ނުލިބި، ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ.



ކިޔުންތެރިންގެ ހިޔާލު