އެމްޑީޕީގެ ޕްރައިމަރީއެއްގައި ވޯޓު ލަނީ-
އެމްޑީޕީގެ ޕްރައިމަރީއެއްގައި ވޯޓު ލަނީ-
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލާން ފަށައިފިއެވެ.

154 ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީ ކުރިއަށްދާނީ މިއަދު މެންދުރުފަހު 14:30 އިން ފެށިގެން ރޭގަނޑު 20:00 ޖެހުމާ ހަމައަށެވެ.

ޕްރައިމަރީގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި އިންތިޚާބުކުރަން ޖެހޭ އަދަދަށް ވުރެ އިތުރަށް ކުރިމަތިލާފައިވާ ދާއިރާތައް އެމްޑީޕީން ވަނީ އާންމުކޮށްފައެވެ.

އޭގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންނާއި ރަށު ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން އަދި މެންބަރުން ހިމެނެއެވެ.

ސިޓީތަކުގެ މޭޔަރުންނަށް ޓިކެޓް ދިނުމަށް އެމްޑީޕީން ޕްރައިމަރީ ބާއްވަނީ މާލެ ސިޓީ އާއި ތިނަދޫގައެވެ. އެއިން ކޮންމެ ސިޓީއަކަށް ވެސް ދެ ކެންޑިޑޭޓުން ކުރިމަތިލާފައި ވާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އެޕްރީލް 4 ގައެވެ.



ކިޔުންތެރިންގެ ހިޔާލު