އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، މިހާރުގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއެކު މި އިންތިޚާބަށް ނުކުމެވަޑައިގެންނެވި އާދަމް އާޒިމް މި ގޮނޑި ކާމިޔާބު ކުރެއްވީ ވަރަށް ބޮޑު އަޣުލަބިއްޔަތަކުންނެވެ.
މިއަދު ކުރިއަށް ދިޔަ އެމްޑީޕީ ކައުންސިލް ޕްރައިމަރީގެ ވޯޓުލުމުގައި އާދަމް އާޒިމް ވާދަކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކު އިންތިޚާބަށް ނުކުމުވަޑައިގެންނެވި ކެންޑިޑޭޓް އަލީ އާޒިމާއެވެ.
ފޯރިއާއެކު ކުރިއަށް ދިޔަ މި އިންތިޚާބުގައި އާދަމް އާޒިމް ހޯއްދެވި މި ކާމިޔާބީއާ ގުޅިގެން ޕާޓީގެ އާންމު މެންބަރުންނާއި ސަޕޯޓަރުން ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު