މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ޕްރައިމަރީއަކީ ސިޔާސީ ގޮތުން ދެއްކި ރީތި ނަމޫނާއެއް ކަމަށާއި، އެ އިންތިޚާބުން ފެނިގެންދިޔައީ އުފާވެރި މަންޒަރުތަކެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އެއްވެސް ހަމަނުޖެހުމެއް ނެތި، އޮމާންކަމާއެކު މިފަދަ ބޮޑު އިންތިޚާބެއް ކުރިއަށް ގެންދިއުމަކީ އެމްޑީޕީގެ ހަރުދަނާކަން ހާމަކޮށްދޭ ކަމެއް ކަމެކެވެ.
ޕްރައިމަރީގެ ކަންކަން ދިޔަގޮތާ މެދު ހިތްހަމަޖެހުން ފާޅުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންތިޒާމްވެގެން އަދި ރޭވިގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަކީ ކޮންމެ ސިޔާސީ ޕާޓީއަކަށްމެ އެންމެ މުހިންމު އަސާސް ކަމަށެވެ.
އަދި މި އިންތިޚާބުގެ ތެރެއިން ފެނުނު އެކުވެރިކަމާއި އިންތިޒާމުތަކަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ޕާޓީން ހޯދި ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިންތިޚާބީ ތާރީޚަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، މި މަންޒަރުތައް ފެނުމުން އެމަނިކުފާނުގެ ހަނދާނަށް އަންނަނީ ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައެޅުމަށް ބޭއްވުނު އެންމެ ފުރަތަމަ އިންތިޚާބު ކަމަށެވެ.
އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރު، އޮމާންކަމާއެކު އިންތިޚާބުތައް ބޭއްވުމުގެ ޤާބިލްކަން އެމްޑީޕީގައި ހުރިކަން ސާބިތުކޮށްދީފައިވާ ކަމަށާއި، މިއަދުވެސް ފެނިގެންދިޔައީ އެ ނަމޫނާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު