އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ޣަފޫރު
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ޣަފޫރު
އެމްޑީޕީގެ ޕްރައިމަރީން ފެނިގެން ދިޔައީ އެކަތިގަނޑަކަށް ވުމުގެ މުހިންމުކަން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިއްޔެ ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ބައި-އިލެކްޝަންގެ ޕްރައިމަރީގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު ރަނގަޅުކަން ފާހަގަ ކުރަށްވަމުން ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީ ގަތުމެއްގައި ޣަފޫރު ވިދާޅުވީ، މި އިންތިޚާބުން ފެންނަނީ އެކުގައި ތިބުމުގެ މުހިންމުކަން ކަމަށެވެ.

ހަމައެއާއެކު އިންތިޚާބުގެ ޖުމްލަ ނަތީޖާއާއި ކެންޑިޑޭޓުން ދައްކުވައިދިން އެއްބައިވަންތަ ކަމާމެދު ހިތްހަމަޖެހޭ ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.

އޭގެ އިތުރުން ޣަފޫރު ވިދާޅުވީ، މި އިންތިޚާބުން ސާބިތުވެގެން ދިޔައީ އެމްޑީޕީއަކީ އެކުގައި އޮންނަންޖެހޭ ވަގުތުގައި އެކަތިގަނޑަކަށް ވާނެ ޕާޓީއެއްކަން ކަމަށެވެ. އަދި އިންތިޚާބު އޮމާންކަމާއެކު ކުރިއަށްދިޔައީ ހުރިހާ ކެންޑިޑޭޓުންގެ ފުރިހަމަ އެއްބާރުލުން ލިބުމުންކަން ފާހަގަކުރައްވައި، އިންތިޚާބުން ބަލިވި ކެންޑިޑޭޓުންވެސް މޮޅުވި ފަރާތްތަކާއެކު ޕާޓީގެ މަސްލަހަތުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރައިމަރީގައި ކައުންސިލް އިންތިޚާބަށް 510 އަށްވުރެ ގިނަ ކެންޑިޑޭޓުން އަދި ޑަބްލިއުޑީސީ އަށް 190 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. ޕްރައިމަރީގައި އެންމެ ފޯރިގަދަވި މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ ޓިކެޓް ކާމިޔާބު ކުރެއްވީ މާލޭގެ މިހާރުގެވެސް މޭޔަރު އާދަމް އާޒިމެވެ.



ކިޔުންތެރިންގެ ހިޔާލު