އިސްރާއީލުގެ ސިފައިންނާއި ވަޒަންވެރިން ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި އަމަލުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ރާމަﷲ ކައިރީގައި އޮންނަ އަލް-މުޣައްޔިރު އަވަށަށް އިސްރާއީލު ސިފައިން ވަދެ ބަޑިޖަހައި، ފަލަސްތީނުގެ 14 އަހަރުގެ ކުޑަކުއްޖަކު ޝަހީދުކޮށްލައިފިއެވެ.
ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ "ވަފާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ޝަހީދުވެފައިވަނީ މުޙައްމަދު ނާސާން ނަމަކަށް ކިޔާ ކުއްޖެކެވެ. އޭނާގެ ގަޔަށް ބަޑިޖަހާފައިވަނީ ހުކުރު ނަމާދަށްފަހު މިސްކިތުން މީހުން ފޭބި ވަގުތު އިސްރާއީލު ސިފައިން އެ އަވަށަށް އަރައި ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައެވެ. ނާސާންގެ ބުރަކަށްޓަށާއި މޭމައްޗަށް ވަޒަން އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުއްޖާ މަރާލީ އަތަށް ހިލައެއް ނަގައިގެން ސިފައިންނާ ދިމާލަށް ދުވުމުން ކަމަށެވެ. ނަމަވެސް އަވަށުގެ ކައުންސިލްގެ ރައީސް އަމީން އަބޫ އާލިޔާ ވިދާޅުވީ، އިސްރާއީލު ސިފައިން އަވަށަށް ވަދެގަތީ އެއްވެސް އިންޒާރެއް ނުދީ ކަމަށާއި، އާންމުންގެ ގަޔަށް އަމާޒުކޮށް ބަޑިޖަހައި ކަރުނަގޭހާއި ސްޓަން ގްރެނޭޑް އުކާފައިވާ ކަމަށެވެ. މި ހަމަލާގެ ކުރިން، އިސްރާއީލު ސިފައިންގެ ހިމާޔަތުގައި ތިބި ހަރުކަށި ވަޒަންވެރިން ވެސް އެ އަވަށުގެ ދެކުނު ސަރަހައްދަށް އަރައި އާންމުންނަށް ބިރުދައްކައި ބަޑިޖަހާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ މިފަދަ ލާއިންސާނީ އަމަލުތައް މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޚާއްޞަކޮށް ޣައްޒާގައި އިސްރާއީލުން ކުރިއަށްގެންދާ ގަތުލުއާންމުގެ ހިޔަނި ހުޅަނގު އައްސޭރިއަށް އެޅިފައިވާއިރު، 2023 އޮކްޓޯބަރުން ފެށިގެން މިހާތަނަށް ޣައްޒާގައި 71,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އދ. ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު އެކަނިވެސް އިސްރާއީލު ސިފައިންނާއި ވަޒަންވެރިންގެ ހަމަލާތަކުގައި ހުޅަނގު އައްސޭރިން 240 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 55 ކުޑަކުދިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު