މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހްމާނު (އައްދު)
މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހްމާނު (އައްދު)
މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އަައްޑުު އަށް ކުރެއްވި ދަތުރުގެ ތެރޭގައި ބިންގާ އެޅި މަޝްރޫއުތައް ކުރިއަށް ނުދާތީ، ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބާ ސުވާލު ކުރައްވަން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހްމާނު (އައްދު) ހުށަހަޅުއްވައިފިއެވެ.

މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި މެމްބަރު އައްދު ވިދާޅުވީ މިނިސްޓަރާ ސުވާލު ކުރަން މަޖިލީހަށް ހުށަހެޅުއްވީ ދާއިރާގެ ރައްޔިތުންނާއެކު އޭނާ އިއްޔެ ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން މިނިސްޓަރާ ސުވާލުތަކެއް ކުރަން އެދުމުން ކަމަށެވެ.

އެގޮތުން މެމްބަރު އައްދު އެދިލައްވާފައިވަނީ، ރައީސް މީދު އަށް ވަޑައިގެން އަމަލީ މަސައްކަތް ފެއްޓެވި މަޝްރޫއުތަކާއި، މި ސަރުކާރުގެ މެނިފެސްޓޯގައި އައްޑުއަށް ވެފައިވާ ވައުދުތަކުގެ ތެރެއިން އެއްވެސް ކަމެއް ނުހިނގަާ ސަބަބު އޮޅުންފިލުވައި ދިނުމަށެވެ.

އަދި މަޝްރޫޢުތައް ނުހިނގަނީ އައްޑޫ ސިޓީ ކައުންސިލާއި މީދޫ މަޖިލިސް މެންބަރު ނުވަތަ އައްޑުއަށް ނިސްވަތްވާ އެހެން މަޖިލިސް މެންބަރުންގެ އެއްބާރުލުން ނުލިބިގެންތޯ އާއި ކަންކަން ފަށައި ގަނަވޭނީ ކައުންސިލް އަދި މެންބަރުން ކޮންކަމެއް ކޮށްދިނުމުންތޯ އައްދު ވަނީ ސުވާލު ކުރަށްވާފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޑރ. މުއިއްޒު އައްޑުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މީދޫގައި ފައްޓަވައި ދެއްވި މަޝްރޫއުތަކުގެ ތެރޭގައި މީދޫގެ މަގުތައް ހެދުމުގެ މަޝްރޫއު އާއި މީދޫ ފިޓްނެސް ސެންޓަރުގެ ބިންގާ އެޅުމާއި މީދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ އެޅުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު