ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް އެންމެ ވޯޓެއް ދިނުމަކީ ވެސް ރައްޔިތުން އަމިއްލައަށް ސަންދޯއް ޖެހުމަށް ނޫނީ ނުވާނެ ކަމަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި އައްބާސް ވިދާޅުވީ، ތަކުރާރުކޮށް މިގޮތަށް ފާހަގަކުރަނީ ޤައުމު އަޅުވެތިކަމަށް ދާން ބޭނުން ނުވާތީ ކަމަށެވެ. އަދި މިހެން ބުނަނީ ރައްޔިތުންނަށް ހެޔޮއެދޭތީ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
ހަމައެއާއެކު ރައްޔިތުން މަދު ފައިސާ ކޮޅަކަށް ހެއްލި ނުވަތަ ވަގުތީ ވަޒީފާއެއްގެ ދަހިވެތި ކަމުގައި ރައްޔިތުން އަމިއްލައަށް ރައްޔިތުންގެ ދަންމަޅި ޖަހާތަން ބަލަން ހިތަށް ކެތްނުވާ ކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.
އައްބާސް ވިދާޅުވީ މިއަދު މި ގައުމުން ފެންނަމުންދަނީ ޑިމޮކްރަސީގެ ރިވެތި ސިފަތައް ގެއްލި ދަޢުލަތުގެ ހުރިހާ ބާރުތަކެއް ރައީސް ޑރ. މުއިއްޒުގެ މުށުތެރެއަށް ލުމަށްފަހު ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ކަމަރު ބަންނަމުންދާ މަންޒަރަށް ކަމަށެވެ.
އަދި ގައުމުގެ މިހާރުގެ ހާލަތަކީ ރައްޔިތުންގެ ހައްޤުގައި ބަސް ބުނާނެ އެއްވެސް މުއައްސަސާއެއް ނެތުން ކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.
އައްބާސް މިހެން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވެރިކަން ކުރާ ޕީއެންސީންނާއި، އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީން ގެންދަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން ޕީއެންސީ އާއި އެމްޑީޕީންވެސް މިހާރު ވަނީ ޕާޓީގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާފައެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އެޕްރިލް މަހު 4 ގައެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ފެބްރުއަރީ 1 ވަނަ ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު