މިހާރުގެ ސަރުކާރުން ވަޒީފާ ދީގެންނާއި ނުފޫޒު ފޯރުވައިގެން އިންތިޚާބުތައް ކާމިޔާބު ކުރެވިދާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށާއި، ވެރިއަކު ގޯސްވުމުން އާންމުން އެކަން ދައްކާނީ ވޯޓު ކަރުދާހުން ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކިތަންމެ ގިނަ ވަޒީފާތަކެއް ދެއްވި ނަމަވެސް، ރައްޔިތުންގެ ނިންމުން ބަދަލު ނުކުރެވޭނެކަން މާޒީގެ ތަޖުރިބާތަކުން ފެންނަން އެބައޮތް ކަމަށެވެ.
ހަމައެއާއެކު ސަރުކާރުން މިހާރު ވެސް އާ ވަޒީފާތައް އުފައްދަމުން ދަނީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމުގެ ސިޔާސީ ބޭނުމުގައިކަމަށް ޝިފާޒް ތުހުމަތު ކުރެއްވިއެވެ. މިގޮތުން ސަރުކާރުގެ ހުރިހާ ދާއިރާއަކުން ވެސް ފެންނަނީ ނުފޫޒު ފޯރުވުމުގެ ސިފަ ކަމަށާއި، މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަކީ ވެސް އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ވަޒީފާ ދިނުމަކީ ވޯޓު ލިބޭނެ ކަމެއް ކަމަށް ސަރުކާރުން ގަބޫލުކުރި ނަމަވެސް، އެއީ ހަގީގަތެއް ނޫންކަން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުން ވެސް ސާފުވެފައިވާކަން ޝިފާޒް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުން ގަސްތުގައި ޕްރައިވެޓް ސެކްޓަރ ނިކަމެތިކުރަމުންދާ ކަމަށް ޝިފާޒް ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވީ އާންމު ރައްޔިތުންނަށް ލޯނު ނުލިބޭ ގޮތަށް ކަންކަން ހަމަޖައްސައި، އިގްތިސާދީ ގޮތުން ރައްޔިތުން ހިފަހައްޓަމުން ދަނީ ސަރުކާރަށް ބަރޯސާވާން ޖެހޭ މިންވަރު އިތުރުކުރުމަށް ކަމަށެވެ. މި ހުރިހާ ކަމެއްގެ ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށް، ދަތި އުނދަގޫ ހާލަތަކަށް ވައްޓާލުން ކަމަށް ވެސް ޝިފާޒްގެ ވާހަކައިގައި ފާހަގަ ކުރަށްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު