މިއީ އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެކެވެ. ސައުދީ އަރަބިއްޔާގެ ރައްޔިތެއް ކަމަށްވާ ޒައިދު ސާލިމް އަލްޢަޠުވީ، އޭނާގެ ދަރިފުޅު މަރާލި ގާތިލު ގިލޯޓީން، މަރުގެ އަދަބު ދޭ ތަނަށް ގެނެސް، ކަނޑި ހިފަހައްޓައިގެން ހުރި ޖައްލާދު އަމުރަށް އޭނާ އިންތިޒާރު ކުރަމުންދަނިކޮށް، ގާތިލަށް މައާފުކޮށް އޭނާ މިނިވަންކުރީއެވެ.

އެ ބިރުވެރި ވަގުތު ސިފަކޮށްދެމުން ޒައިދު ބުނީ، ގާތިލު މަރުގެ އަދަބު ތަންފީޒުކުރާ ތަނަށް ގެނައިއިރު އޭނާ ދިޔައީ ރޮމުން، އޭނާއަށް ކުރެވުނު ފާފައަށް މައާފުކޮށްދިނުމަށް އެދި އާދޭސްކުރަމުން ކަމަށެވެ. "ޖައްލާދު ކަނޑި ނަގައި، އެންމެ ފަހުގެ އިޝާރާތަށް އަހަންނަށް ބަލައިލި ވަގުތު، އަހަރެން އޭނާ ހުއްޓުވީމެވެ،" ޒައިދު ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، އެއީ އޭނާގެ ދަރިފުޅާއި އެކުގައި ދެކެމުން އައި ހުރިހާ ހުވަފެންތަކެއް ފުނޑުފުނޑުކޮށްލި މީހާ ކަމަށްވީ ނަމަވެސް، އެ ވަގުތު އޭނާގެ ހިތުގައި ގާތިލަށްޓަކައި ހަމްދަރުދީ އުފެދުނެވެ. ޒައިދު މި ނިންމުން ނިންމީ އެއްވެސް މާއްދީ އެދުމެއް ނެތި، ހަމައެކަނި މާތްﷲގެ ވަޖުހުފުޅަށްޓަކައެވެ.

މަރުގެ އަދަބުން ސަލާމަތްވުމަށް ދޭންޖެހޭ 'ދިޔަ' ނުވަތަ ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ހޯދުމަށް އޭނާ އިންކާރު ކުރިއެވެ. އޭނާ ބުނި ގޮތުގައި، ދަރިފުޅުގެ ގާތިލަށް މައާފުކުރީ އާޚިރަތުގެ ސަވާބަށް އެދިގެންނެވެ. މި ހާދިސާއާއެކު ސައުދީގެ މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ ޒައިދުގެ ކެތްތެރިކަމަށާއި އޯގާތެރިކަމަށް ތައުރީފު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު