އިސްލާމް މާއްދާ ދަރިވަރުންނަށް ބޮޑަށް ފަހުމްވަނީ އިނގިރޭސިބަހުން ކަމަށްވާނަމަ، އެ މާއްދާ އިނގިރޭސިބަހުން ކިޔަވައިދިނުމަކީ މައްސަލައެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ އިސްލާމް ފޮތްތަކުގައި ހުންނަ ބައެއް ފިލާވަޅުތައް ދަރިވަރުންނަށް ދޭހަވުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ހިމެނޭ އިސްލާމް މުޤައްރަރު މިޒަމާނުގެ ޖީލުތަކަށް ވިސްނޭނެ ފަދަ ފަސޭހަ އިބާރާތަކުން އަލުން އެކުލަވައިލަން ޖެހޭ ކަމަށެވެ. އަދި މުޤައްރަރު ޒަމާނަށް ފެތޭގޮތަށް ބަދަލުކުރުމުގެ އިތުރުން ފޮތްތަކުގެ ވައްޓަފާޅިއާއި ލޭއައުޓަށްވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ މުޤައްރަރުގެ މުހިންމު ބައިތައް ހިމަނައިގެން، ކުދިންގެ ގްރޭޑާއި އުމުރުފުރާއަށް ގުޅޭގޮތަށް ބަދަލުތައް ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަދި އިސްލާމް މާއްދާގެ ތެރޭގައި ހިމެނޭ އެކި ދާއިރާތަކުގެ މަޢުލޫމާތުތައް، އެކި މަރުޙަލާތަކަށް ވަކި މާއްދާތަކެއްގެ ގޮތުގައި ބަހާލުމަކީ ދަރިވަރުންނަށް އެ މާއްދާގެ ކަންކަން އޮޅުންފިލުވައިދިނުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، އިސްލާމް މާއްދާ އިނގިރޭސިބަހުން ކިޔަވައިދިނުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި ދިވެހި ބަސް ކުރިއެރުވުމާ ގުޅޭގޮތުން ވިދާޅުވީ ދިވެހި ބަސް މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމުންވެސް ބަސް ކުރިއަރާނެ ކަމަށެވެ.
އެހެންނަމަވެސް ބަސް އެންމެ ބޭނުންވާ މިންވަރަށް ކުރިއަރުވަން ބޭނުންނަމަ މުޅި ތަޢުލީމީ ނިޒާމު ދިވެހި ބަހަށް ބަދަލުކުރަން ޖެހޭ ކަމަށާއި، އެއީ މިވަގުތު ރާއްޖެއަށް އެންމެ މުނާސަބު ގޮތް ކަމަށް ނުވެދާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު