ޒުވާނުންގެ ހައްގުގައި ވަކާލާތުކޮށް، ޒުވާނުން ބާރުވެރިކުރުވާނެ ކަމުގެ ފޮނި ވައުދުތަކާއެކު ވެރިކަމަށް އައި މި ސަރުކާރުން، މިއަދު ޒުވާނުންނަށް ކޮށްދެނީ ކޮންކަމެއްތޯ ސުވާލުކޮށްފިނަމަ ފެންނަން އޮތީ ހިތާމަވެރި މަންޒަރެކެވެ.
ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށްޓަކައި، އެތައް ރެއެއްގެ ނިދި ނަގާލައި، މިންނެތް މަސައްކަތުން ކިޔަވަމުންދާ ދަރިވަރުންނަށް ސަރުކާރުން ވެފައިވާ ވައުދުތަކަކީ މިއަދު އަގެއްނެތް، ހުސް ވާހަކަތަކަކަށް ވެއްޖެއެވެ. ސަރުކާރުގެ ސްކޮލާޝިޕާއި ލޯނު އެހީގައި ގައުމުން ބޭރަށް ކިޔަވަންދާ ދަރިވަރުން، އެކުދިންގެ އާއިލާތަކާ ވަކިވެ، އުއްމީދީ ދަތުރެއް ފަށަނީ ސަރުކާރުން ދޭނެ ކަމަށް ބުނި މާލީ އެހީތެރިކަމަށް ފުރިހަމައަށް އިތުބާރުކޮށްގެންނެވެ. ނަމަވެސް، މިއަދު އެ ކުދިން ތިބީ މިއިން ދުވަހަކު ޒުވާނުން ބިކަ ނުވާ މިންވަރަށް ގޮތް ހުސްވެ ބިކަވެފައެވެ.
ކިޔަވަން ފުރުމަށްފަހު ދަރިވަރުންނަށް މިއަދު ކުރިމަތިލާން ޖެހިފައިވަނީ ކެތް ނުކުރެވޭ ފަދަ ދަތިތަކާއެވެ. ސަރުކާރުން ދޭން ވައުދުވި ސްޓައިޕެންޑު ނުލިބި މަސްތަކެއް ވެގެންދާއިރު، އެ ފައިސާ ހޯދުމަށް ވުޒާރާތަކުގެ ފަހަތުން ދުވެ، އާދޭސްކުރަން ޖެހުމަކީ ގައުމުގެ މުސްތަގުބަލަށް އޮތް ބޮޑު އިހާނެތެކެވެ.
މަތީ ތައުލީމާ ބެހޭ ވުޒާރާއިން މި ހަގީގަތްތައް ފޮރުވަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، މީސްމީޑިއާގައި ދަރިވަރުން ދަނީ އެކުދިންގެ ކެކުޅުންތަކާއި، މިނިސްޓްރީއަށް ކުރާ މެސެޖުތަކަށް ލިބޭ ފިނި ރައްދުތައް ހާމަކުރަމުންނެވެ. ކިޔެވުމުގެ ޚަރަދާއި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ނުފުދި، ބޭރު ގައުމުތަކުގައި ދަރިވަރުން ބިކަވަމުންދާއިރު، ސަރުކާރުގެ "ޒުވާނުންނަށް ހެޔޮ އެދޭ" ސިޔާސަތަކީ ހަމައެކަނި ކަރުދާހުގައި އޮތް އެއްޗެއްކަން މިއަދު ވަނީ ސާފުވެފައެވެ.
މީގެ އިތުރުން، ކިޔަވައި ނިންމައިގެން ގައުމަށް އަންނަ ޒުވާނުންނަށް އޮތީ މިއަށްވުރެ މާ ބޮޑު ގޮންޖެހުމެކެވެ. "ނެޕޯ ބޭބީ" ނުވަތަ ސިޔާސީ ގޮތުން ނުފޫޒުގަދަ އާއިލާތަކަށް ނިސްބަތްނުވާ ނަމަ، ކިތަންމެ މޮޅު ސެޓުފިކެޓެއް އޮތަސް ވަޒީފާއެއް ހޯދުމަކީ މިއަދު ނާދިރު ކަމެކެވެ. ސަރުކާރުގެ މަތީ މަގާމުތަކާއި ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް އާއިލީ ގުޅުންތަކުގެ މައްޗަށް ބަހާލަމުންދާއިރު، ބުރަ މަސައްކަތުން ކިޔަވައިގެން އަންނަ ހުނަރުވެރި ޒުވާނުން ޖެހެނީ ވަޒީފާއެއް ނުލިބި ސަލާމް ޖަހާށެވެ. "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ގެ ޝިއާރުގެ ދަށުން ހިންގާ މި ސަރުކާރުގައި، ނެޕޮޓިޒަމް ނުވަތަ އާއިލީ ކޮރަޕްޝަން ވަނީ އިންތިހާއަށް އަށަގަނެފައެވެ.
މިއަދު ގައުމުގެ ހާލަތަކީ މިއީއެވެ. ސަރުކާރުން ބޭނުންވާ ބަޔަކަށް ރަނުން ޝާއިޢުކުރެވިފައިވާ ފަތްކޮޅުތަކުގައި ވަޒީފާ ދެމުންދާއިރު، އާދައިގެ އާއިލާތަކުގެ ދަރިން ތިބީ ކިޔެވި ދާއިރާއާ ނުގުޅޭ ކުދިކުދި ވަޒީފާތަކުގައި ބަންދުވެފައެވެ.
ޒުވާނުން ބާރުވެރިކުރުމުގެ ވައުދަކީ ހަމައެކަނި ވޯޓު ހޯދަން ދެއްކި ދަޅައެއްކަން މިއަދު މިވަނީ ކަށަވަރުވެފައެވެ. މި ނިޒާމީ ކޮރަޕްޝަނާއި ތަފާތުކުރުންތަކަށް ބަދަލެއް ނުގެނެސް، ގައުމުގެ މުސްތަގުބަލު ކަމުގައިވާ ޒުވާނުންނަށް ހަގީގީ ކުރިއެރުމެއް ލިބުމަކީ މިއަދު އޮތް އުންމީދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު