ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގާ އެޅިގެން އައީ 1971 ވަނަ އަހަރު އިޓަލީގެ ޓުއަރ އޮޕަރޭޓަރެއް ކަމަށްވާ ޖޯޖިއޯ ކޯބިން، ދުނިޔޭގެ ޗާޓުން ފެނުނު ކުދި ތިކިތަކެއް ފަދަ ރަށްތަކެއް ހޯދުމަށް ކުރި ދަތުރަކުންނެވެ. ކޯބިން ރާއްޖެއަށް އައީ އޭރު ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މަސައްކަތް ކުރެއްވި އަޙްމަދު ނަސީމްގެ އެހީތެރިކަމާއެކުގައެވެ. ރާއްޖޭގެ ރަށްތައް ފެނުމާއެކު، މިއީ ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ އެކަށީގެންވާ މަންޒިލްކަން ކޯބިންއަށް ޔަގީންވިއެވެ.
މި މަސައްކަތުގެ ދަށުން 1972 ވަނަ އަހަރު ފުރަތަމަ ފަތުރުވެރިންގެ ގްރޫޕް ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މި ދަތުރު އިންތިޒާމުކުރުމުގައި ލަންކާގެ 'ސީލޯން ޓުއާސް' އިން މުހިންމު ދައުރެއް އަދާކުރިއިރު، އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ސުރެން އެދިރިވީރާ ވެގެންދިޔައީ ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ގައިޑަށެވެ.
އޭރު ރާއްޖޭގައި ރިސޯޓެއް ނުވަތަ ހޮޓަލެއް ނެތުމުން، ޒުވާން ދެ ވިޔަފާރިވެރިން ކަމަށްވާ މުޙައްމަދު އުމަރު މަނިކާއި ޗަމްޕާ ޙުސައިން އަފީފް އިސްވެ ތިއްބަވައި ފަތުރުވެރިންނަށް ކެއުމާއި ނިދުމުގެ އިންތިޒާމު ހަމަޖެއްސެވީ އާންމު ގޭގޭގައެވެ. ފަތުރުވެރިކަމުގެ ބޭނުމަށް ރާއްޖޭގައި ބިނާކުރި ފުރަތަމަ ރިސޯޓް، ކުރުނބާ އައިލެންޑް ރިސޯޓް ރަސްމީކޮށް ހުޅުވީ 3 އޮކްޓޫބަރު 1972 ގައެވެ.
މި ރިސޯޓް ހެދުމަށް ބޭނުންކުރީ އަކިރި އާއި މުރަކައެވެ. އިމާރާތުގެ މަސައްކަތް އެއްކޮށް ނުނިމި، ފުރާޅުވެސް ނުލެވި ހުއްޓާ ފަތުރުވެރިން އެތަނުގައި ތިބެން ޖެހުނު ނަމަވެސް، އެމީހުންނަށް އެކަންވީ އާދަޔާޚިލާފު އުފާވެރި ތަޖުރިބާއަކަށެވެ. ރޭގަނޑު ނިދަން އޮށޯވެލައިގެން ތިބޭއިރު އުޑުމަތިން ހަނދު ފެންނަން ހުރުމަކީ އެ ފަތުރުވެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މިއަދު ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީވެސް ކުރުނބާ ހުޅުވި ތާރީޚާ ގުޅުވައިގެންނެވެ.
ވޭތުވެދިޔަ 52 އަހަރުގެ ތެރޭގައި ރާއްޖެ ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ މަގުބޫލު އެއް މަންޒިލަށް ވެފައެވެ. މިހާރު ރާއްޖޭގައި 168 ރިސޯޓާއި، 883 ގެސްޓްހައުސްގެ އިތުރުން ގިނަ އަދަދެއްގެ ހޮޓާ އަދި ސަފާރީ އުޅަނދުތައް އެބަހުއްޓެވެ. މި ސިނާޢަތުގައި ލަންކާގެ ކުންފުނިތަކުގެ ބޮޑު ހިއްސާއެއް އޮތްއިރު، ސިނަމަން ހޮޓެލްސް އާއި އެއިޓްކެން ސްޕެންސް ފަދަ ކުންފުނިތަކުން ދަނީ ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގަމުންނެވެ.
ރާއްޖޭގެ ބައެއް ލަގްޒަރީ ވިލާތަކުގެ އަގު ރެއަކަށް 75,000 ޑޮލަރަށް އަރާއިރު، މިއީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ދައްކުވައިދޭ ކަމެކެވެ. ތާރީޚީ ގޮތުން ބަލާއިރު، ލަންކާއަކީ ދިވެހިންގެ ދެވަނަ ގެ ފަދައިން ދެކޭ ބައެކެވެ. ނަމަވެސް، ފަހަކަށް އައިސް ދެގައުމުގެ ދެމެދުގައި އޮންނަންޖެހޭ ވިޔަފާރީގެ ގުޅުން ވަނީ ކޮންމެވެސް ވަރަކަށް ހީނަރުވެފައެވެ.
2018 ވަނަ އަހަރު ރާއްޖޭގައި 17,000 ލަންކާ ރައްޔިތުން ދިރިއުޅުނު ނަމަވެސް، ރަސްމީ ފެންވަރުގައި އަޅާނުލެވުމުގެ ސަބަބުން މިހާރު އެ އަދަދު ވަނީ 1,400 އަށް ދަށްވެފައެވެ. މީގެ އިތުރުން ރާއްޖެއަށް މުދާ އެތެރެކުރާ މާކެޓްގައި ލަންކާގެ ހިއްސާ މިހާރު ވަނީ 3.72 އިންސައްތައަށް ވެއްޓިފައެވެ.
ރާއްޖެއަކީ މިހާރު އޭޝިއާގައި އެންމެ މަތީ 'ޕަރ ކެޕިޓާ އިންކަމް' ނުވަތަ ބޮލަކަށް ޖެހޭ އާމްދަނީ އެންމެ މަތީ ގައުމެވެ. ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ 13,216 ޑޮލަރުގައި ހުރިއިރު، މިއީ އަވަށްޓެރި ލަންކާއާ އަޅާބަލާއިރު ތިންގުނަ އިތުރު އަދަދެކެވެ. 2023 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ 6.59 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ ވިޔަފާރީގެ ގޮތުން ލަންކާއަށް ފަހި ފުރުސަތުތަކެއް އޮތް މާކެޓެއްކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު