ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ދާ ކަމަށް ސަރުކާރުގެ މުއައްސަސާތަކުން ތަކުރާރުކޮށް ބުނަމުންދާއިރު ވެސް، އިގްތިސާދު ހަމަމަގަށް އެޅުވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުންދާތީ، އެމަނިކުފާނު އުޅުއްވަނީ "އެހެން ދިވެހިރާއްޖެއެއްގައިތޯ" ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް ވިދާޅުވީ، ރައީސް އެހެން ވިދާޅުވި ނަމަވެސް ދައުލަތުގެ އިދާރާތަކުން ނެރޭ ތަފާސްހިސާބުތަކުން ފެންނަނީ މުޅިން ތަފާތު މަންޒަރެއް ކަމަށެވެ. ޚާއްސަކޮށް އިންފްލޭޝަން މައްޗަށް ގޮސް، ޑޮލަރުގެ އަގު އުފުލެމުންދާކަން އެ ހިސާބުތަކުން ހާމަވާ ކަމަށާއި، މަޖިލިސް އިންތިޚާބުގެ ކެމްޕޭންގައި ޑޮލަރުގެ އަގު ދެން މައްޗަށް ނުދާނެ ކަމަށް ވިދާޅުވި ނަމަވެސް މިއަދު ފެންނަނީ އެއާ ޚިލާފު ކަންތައްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީކާއިލްގެ މި ކަންބޮޑުވުންތަކަށް ބާރު ލިބޭ ފަދަ ރިޕޯޓެއް ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން ވަނީ ދާދި ފަހުން ނެރެފައެވެ.
ފިޗުން ރާއްޖޭގެ ރޭޓިން 'ސީސީ' އަށް ދަށްކޮށްފައިވާއިރު، މިއީ ރާއްޖެ ދަރަނި ނުދެއްކި "ޑިފޯލްޓް" ވުމުގެ ފުރުސަތު ބޮޑުކަން އަންގައިދޭ "ޖަންކް" ދަރަޖައެކެވެ. އެ އެޖެންސީން ފާހަގަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ރާއްޖޭގެ ރިޒާވް 887 މިލިއަން ޑޮލަރަށް އިތުރުވި ނަމަވެސް، ރިޒާވްގެ ކަވަރޭޖް ހުރީ ވަރަށް ދަށް މިންވަރެއްގައެވެ. މީގެ ސަބަބުން ބޭރުގެ މާލީ ބާޒާރުތަކުން އެހީ ހޯދުމަށް ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ބެލެވެނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކާ ގުޅިގެންނެވެ. ފިޗުން ބުނާ ގޮތުގައި ސުކޫކުގެ އަސްލު އަދަދާއި ކޫޕަން ރޭޓަށް ދައްކަންޖެހޭ ފައިސާ އެއްކޮށްލުމުން ޖުމްލަ 525 މިލިއަން ޑޮލަރު ދައްކަން ޖޭހޭނެއެވެ. ނަމަވެސް، މިހާރު ދައުލަތުގެ ރިޒާވް ހުރި މިންވަރަކީ މި ދަރަނި އަދާކުރަން އެކަށީގެންވާ މިންވަރެއް ނޫން ކަމަށް އެ އެޖެންސީން ވަނީ އިންޒާރު ދީފައެވެ. އެހެންކަމުން، ރާއްޖޭގެ ދަރަނި ރީސްޓްރަކްޗަރ ކުރަން ޖެހިފައިވާ ކަމަށާއި، އެކަން ވީހާވެސް އަވަހަކަށް ކުރުމަކީ މުހިންމު ކަމެއް ކަމަށް ފިޗުން ލަފާދެއެވެ.
އިގްތިސާދީ މާހިރުންނާއި ފިޗުން ފާހަގަކުރާ ގޮތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ހަގީގީ މައްސަލައަކީ ޑޮލަރު ނުލިބުމެއް ނޫނެވެ. ރާއްޖެއަކީ ނިސްބަތުން ގިނަ އަދަދަކަށް ޑޮލަރު ވަންނަ ގައުމެއް ނަމަވެސް، އެ ޑޮލަރު ރާއްޖޭގައި ހިފެހެއްޓުމާއި މާލީ ނިޒާމު މެނޭޖުކުރުމުގައި ބޮޑެތި އުނިކަންތައްތަކެއް އެބަހުއްޓެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް އަހަރުތަކުގައި ޑޮލަރުގެ ތާށިކަން އިތުރުވެ، ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު އިންތިހާއަށް އުފުލި، ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު