ބަންދުކުރި ދެމީހުން
ބަންދުކުރި ދެމީހުން
266 ގްރާމް މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ، މި މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކުރީ ގއ. ވިލިނގިލި، ބުލާފަރުގޭ، އަމްޖަދު ރިޤާބް، 36، އާއި ށ. ނޫމަރާ، މޯނިންސްޓާ، މުޙައްމަދު ނާއިފް، 28، ކަމަށެވެ.

އެގޮތުން އެ މީހުން އުޅުނު ގަލޮޅު ގެއެއް ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވެއެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަންގައި 266.29 ގްރާމް ހުރި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަމްޖަދުގެ ބަންދަށް ފަސް ދުވަސް އަދި ނާއިފް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު