މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله މައުމޫންގެ މައްޗަށް ދަޢުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދަޢުވާގެ ތެރެއިން 5 ދަޢުވާ ސާބިތުނުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވާތީ އެމައްސަލަތައް އިސްތިއުނާފް ކުރުމަށް ޕީޖީ އޮފީހުން ނިންމައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، މި 5 ދަޢުވާ ސާބިތު ނުވާކަމަށް ނިންމި ސަބަބުތަކަށް ބަލާއިރު މި ނިންމުން ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއްނެތި، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް އެ އޮފީހަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުން ސާބިތުނުވާކަމަށް ކަނޑައެޅި 5 ދަޢުވާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޤަޞްދުކުރާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު އެ އޮފީހަށް ލިބުމުންކަމަށްވާތީ، އެ ރިޕޯޓް އެ އޮފީހަށް ލިބުމުން އިސްތިއުނާފު ކުރުމާމެދު ފަހު ނިންމުމެއް ނިންމާނެ ކަމަށް ޕީޖީން ބުނެފައިވެއެވެ.
ހަމައެއާއެކު ޕީޖީ އޮފީހުން ބުނީ، މި މައްސަލާގައި ޢަބްދުالله މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 2 ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، ޢަބްދުالله މައުމޫން 12 (ބާރަ) އަހަރާއި، 9 (ނުވައެއް) މަހާއި، 18 (އަށާރަ) ދުވަހަށް ޖަލަށްލުމަށް 29 ސެޕްޓެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު