ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ކ2)
ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ކ2)
ކައުންސިލް އިންތިހާބު ގަޑުބަޑު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައްޑެ ވިދާޅުވީ، ކައުންސިލް އިންތިހާބު ގަޑުބަޑު ކުރުމަށް ސަރުކާރުން ވަޒީފާތައް ދީ، ބިރުދެއްކުން އިންތިހާއަށް އިތުރު ކުރަމުންދާ ކަމަށެވެ. އެހެންކަމުން ސަރުކާރުން އެކަން ދޫކޮށްލައި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އިންތިހާބު ކާމިޔާބު ކުރުމަށް ވައްޑެ ވަނީ ގޮވާލައްވާފައެވެ.

ހަމައެއާއެކު ވައްޑެ ވިދާޅުވީ، ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާ އަންނަ މަހު 12 ގައި ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ފެބްރުއަރީ 12، ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އާއި ޑަބްލިއުޑީސީއަށް ކެމްޕެއިން ލޯންޗު ކުރުމުގެ މަސައްކަތް ކުރަމުން." އޭނާ ވިދާޅުވިއެވެ.



އަދި އެމްޑީޕީގެ ސަފުތައް ރުކުވާލައި، މުޅި ރާއްޖޭގައި ކެމްޕެއިން ޓީމްތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަހީދު ވިދާޅުވިއެވެ. ހަމައެއާއެކު މަސައްކަތް ކުރަނީ އިންތިހާބު ބޮޑުތަނުން އެމްޑީޕީއަށް ކާމިޔާބު ކުރުމަށް ކަމަށްވެސް ވައްޑެ ވިދާޅުވެފައިވެއެވެ.

ލޯކަލް ކައުންސިލް އާއި ޑަބްލިއުޑީސީ އިލެކްޝަން ބޭއްވުމަށް އީސީން ނިންމާފައިވަނީ އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު