ދ. މީދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން، މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން އެކަމަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ މީދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން އެކަމަށް ހުރަސްއެޅި މީހަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ ހައްޔަރުކުރުމާ ގުޅިގެން އެ ރަށުގެ ބައެއް ރައްޔިތުން ޕޮލިސް ސްޓޭޝަން ސަރަހައްދަށް އެއްވެ، ނުރުހުން ފާޅުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އިތުރަށް ބުނީ، އަސްލު މައްސަލަ ކަމަށްވާ ގެވެށި އަނިޔާގެ މައްސަލައިގެ އިތުރުން، ފުލުހުންގެ ދައުރަށް ހުރަސްއެޅި މައްސަލަވެސް ވަކި މައްސަލައެއްގެ ގޮތުގައި މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު