ލޯކަލް ކައުންސިލާއި އަންހެނުން ކޮމެޓީގެ އިންތިހާބުގައި ވާދަކުރަން އޮންލައިންކޮށް ފޯމު ހުށަހެޅުމުގައި ދަތިތައް ދިމާވާތީ މެނުއަލްކޮށް ވެސް ފޯމު ބަލައިގަންނަން އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ކައުންސިލް އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ ތަރުޖަމާނު، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު، ވިދާޅުވީ އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވީނަމަވެސް އެކަން ކުރަން ލިބިފައިވަނީ ކުޑަ ވަގުތުކޮޅެއް ކަމަށެވެ.
އެގޮތުން އަންނަ ހަފުތާގެ އާދިއްތަ ދުވަހުގެ ކުރިން ގިނަ އަދަދެއްގެ ކެންޑިޑޭޓުންގެ ފޯމު ހުށަހަޅަން ޖެހޭއިރު ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ވަހީދު ވިދާޅުވީ ޕޯޓަލް އިން ފޯމުތައް ހުށަހަޅާއިރު އައިޑީކާޑު ސާފު ނޫން ކަމަށް ބުނެ ނުވަތަ ކުދިކުދި ކަންކަމާ ހެދި ފޯމުތައް ރިޖެކްޓުވާ ކަމަށެވެ. ނަމަވެސް އެ ފޯމުތަކަށް ޖަވާބު ދިނުމަށް ކަނޑައަޅާފައިވަނީ ފަސް ދުވަސް ކަމަށް ވާތީ، އެތައް ވަގުތެއް ހޭދަވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިފަދަ ދަތިތައް ދިމާވަމުންދާތީ މެނުއަލްކޮށްވެސް ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެއްސުމަށް އޭނާ ވަނީ ގޮވާލާފައެވެ.
މީގެ ކުރީގެ އިންތިހާބުތަކުގައި ފޯމު ބަލައިގަނެފައިވަނީ ހަމައެކަނި މެނުއަލްކޮށެވެ. މިއީ، އޮންލައިންކޮށް ފޯމު ބަލައިގަނެ، އިންތިހާބު ބާއްވާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު